ކާނާ

ރެސިޕީ: ގްރިލްޑް ސޮސެޖް އެންޑް އެޕަލް ސްލޯ ސަބްސް


މިއީ ފޮނި އަދި ލޮނު ދެ އިންގްރީޑިއެންޓެއް ބެނުންކޮށް ތައްޔާރުކުރާ ވަރަށް މީރު ތައްޔާރު ކޮށްލަން ފަސޭހަ އެއްޗެކެވެ.
ބޭނުންވާ ތަކެތި :

ސޮސެޖް
ކުދި ހޮއްޑޯގު ތައްތާރު ކުރުމަށް ބޭނުންކުރާ ބަނަސް
2 އާފަލު ( ތޮށިމަށާ ކުދިކުދިކޮށް ކޮށާފަ )
½ ފިޔާ ( ކުދިކޮށް ކޮށާފަ )
1 ޖޯޑު މަޔޮނައިޒް
1 ސަމުސާ ވިނެގާ
ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ ތާހަކަށް ސަމުސަލެއްހާ ތެޔޮކޮޅެއް އަޅައި، ތެޔޮކޮޅު ހޫނުކޮށްލުމަށްފަހު ސޮސެޖުތައް ފިހެލާށެވެ. 10 ވަރަކަށް މިނެޓު މަޑުގިނީގައި ސޮސެޖުތައް ފިހެލުމަށްފަހު ތާހުންނަގާ ޓިޝޫމަތީގައި ބަހައްޓާލާށެވެ.
ވަކިން ބޯތައްޓެއްގައި އާފަލާ، ފިޔާ، އެއްކޮށްލާށެވެ. އަދި އޭގެ ތެރެއަށް މެޔޮނައިޒް، ވިނެގަރ، ލޮނު އަދި އަސޭމިރުސްކޮޅު އަޅާ އެއްކޮށްލާށެވެ. ދެން ހޮއްޑޯގު ބަންސް ދެފަޅިކޮށްފައި ކޮންމެ ބަންއެއްގެ ތެރެއަށް މިކްސްކުރި ތަކެތި އަޅާފައި އޭގެ މައްޗަށް ސޮސެޖެއް ލާށެވެ. އޭރުން އެހުރީ ތައްޔާރުކުރެވިފައެވެ.