ކާނާ

ރެސިޕީ: ލެބަނީޒް ސްޕައިސްޓް ޕޮޓޭޓޯޒް ( ބަޓާޓާ ހައްރާ )


ބޭނުންވާނެ ތަކެތި :
ތެޔޮ
3 އަލުވި ( ތޮށި މަށާ ކުދިކޮށް ކޮށާފަ )
1 ފިޔާ ( ކުޑަ ފިޔައެއް، ކުދިކޮށް ކޮށާފަ )
1 ލޮނުމެދު ( ކުދިކޮށް ކޮށާފަ )
ތެޅި މިރުސް ( ރަހަލަށްވަރަށް ބޭނުންވާ ވަރަށް )
½ ޖޯޑު ސިލަންޓްރޯ ( ކުދިކޮށް ކޮށާފަ )
½ ސައިސަމުސާ ކޮރިއަންޑާ ( ހިއްކާ، ކުދިކޮށްފައި ހުރި )
ރަހަލާވަރަށް އަސޭމިރުސް
ރަހަލާވަރަށް ލޮނު
3 ސައިސަމުސާ ޒައިތޫނި ތެޔޮ
½ ސައިސަމުސާ ލުނބޯ ހުތް

ތައްޔާރުކުރާނެ ގޮތް :
ތާހެއްގައި ތެޔޮކޮޅު ހޫނުކޮށްލާށެވެ. ތެޔޮގަޑު ހޫނުވުމުން އަލުވިކޮޅު އަޅާ ތެލުލާށެވެ. ވަކިން ޓިޝޫކޮޅެއް މައްޗަށްލާ އަލުވިތަކުން ތެޔޮކޮޅު ވަކިކޮށްލުމަށް ބަހައްޓާލާށެވެ.
އެހެން ތާހެއްގައި ޒައިތޫނި ތެޔޮކޮޅު އަޅާ ހޫނުކޮށްލާށެވެ. ހޫނުކުރި ތެޔޮކޮޅުގެ ތެރެއަށް ފިޔާ، ލޮނުމެދު، ތެޅިމިރުސް، ކޮރިއަންޑާ، ސިލާންޓްރޯ، ލޮނު އަދި އަސޭމިރުސް އަޅާ މީރުކޮށްލާށެވެ. ދެން މީގެތެރެއަށް ކުރިން ތެލުލި އަލުވިކޮޅު އަޅާ އެއްކޮށްލާށެވެ. ފިޔާކޮޅު ރަގަޅަށް މީރުކޮށްލެވުމުން ދެން މީގެ ތެރެއަށް ލުބޯ ހުތް އަޅާ އެއްކޮށްލާށެވެ. 2 މިނެޓު މަޑުގިނީގައި މީރުކޮށްލުމުން މިޑިޝް ހުންނާނީ ތައްޔާރުވެފައެވެ.