ލައިފް ސްޓައިލް

ޗައިނާގެ ކުންފުނިތަކުގެ ފަރާތުން މިސްރު މީހުންނަށް ރޯދަ ވީއްލުން


މާލީ ތަނަވަސްކަން ދަތި ފަރާތްތަކަށް ރޯދަމަހު އެހީތެރިކަން ފޯރުކޮށްދިނުމަށް މިސްރުގައި ހަރަކާތްތެރިވާ ޗައިނާގެ ކުންފުނިތަކުން ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
މިސްރުގައި ހުންނަ ޗައިނާގެ އެމްބަސީއާ ގުޅިގެން ޗައިނާގެ ކުންފުނިތަކުން ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން މިދިޔަ އާދީއްތަދުވަހު މިސްރުގެ ވެރިރަށް ޤާހިރާގައި ވަނީ 400 އަށްވުރެ ގިނަ މީހުންނަށް ރޯދަ ވީއްލުމެއް ބާއްވާފައެވެ.

ރޯދަ ވީއްލުމުގެ އިތުރުން، ރޯދަމަހު ބޭނުންވާނެ ކާބޯތަކެތީގެ ބާވަތްތައް ހިމެނޭ އެހީގެ ފޮށިތައްވެސް ދަނީ ދަތި ހާލުގައި އުޅޭ ފަރާތްތަކަށް ބަހަމުންނެވެ. މިގޮތުން އެހީގެ ތަކެތި ހިމެނޭ ދެހާހަށްވުރެ ގިނަ ފޮށިގަނޑު ބެހުމަށް ހަމަޖެހިފައިވާއިރު، 5000 އަށްވުރެ ގިނަ މީހުންނަށް އެކި އިރުގެ ކޮއްތު ބެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއީ މިސްރުގައި ހަރަކާތްތެރިވާ ޗައިނާގެ ކުންފުނިތަކުން މިހަރަކާތް ކުރިއަށްގެންދާ 4 ވަނަ އަހަރެވެ.