ކާނާ

ރެސިޕީ: ޝަކްޝައުކާ


ބިހުގެ ޑިޝްތަކަކީ އަޅުގަނޑުމެން ގިނަ މީހުންނަށް ވަރަށް މީރުއެއްޗެކެވެ. ބިހުގެ ޑިޝްތަކަކީ ޢާންމުކޮށް ތައްޔާރުކޮށްލަންވެސް ފަސޭހަ ޑިޝްތަކެކެވެ. މިއީވެސް ހަމައެފަދަ ޑިޝެކެވެ.

ބޭނުންވާނެ ތަކެތި :
އޮލިވް އޮއިލް
1 – 1/3 މިންސްޑް ފިޔާ
1 ޖޯޑު ތުނިކޮށްކޮށާފައިވާ ބެލް ޕެޕަރ
1 ½ ޓޮމާޓޯ މިންސްކޮށްފައި
½ ޓޮމާޓޯ ޕޭސްޓް
2 ލޮނުމެދުކޮޅު (ޗޮޕްކޮށްފައި)
ދިރި، މުގުރުމިރުސް، ލޮނު، އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް :
ފުރަތަމަ ތާހަކަށް ތެޔޮކޮޅު އަޅާލައި ހޫނުކޮށްލާށެވެ. ހޫނުކޮށްފައިވާ ތެލުގެ ތެރެއަށް ފިޔާ އަދި ބެލްޕެޕަރ އަޅާލާށެވެ. މިއަށްފަހު މީގެތެރެއަށް ޗޮޕްކޮށްފައި ހުރި ލޮނުމެދު އަޅާލައި 5 މިނެޓު މީރުކޮށްލާށެވެ.
ވަކިން ބޯތައްޓެއްގައި ޓޮމާޓޯ، ދިރި، މުގުރި މިރުސް، ލޮނު އަދި އަސޭމިރުސްކޮޅު މިކްސްކޮށްލާށެވެ. (ސްޕައިސަސް އަޅާއިރު ބޭނުންވަރަކަށް މަދުން ނުވަތަ ގިނައިން އަޅާލެވިދާނެއެވެ.)

ދެން މިމިކްސްގަނޑު ތާހުގެ ތެރެއަށް އަޅާލައި މިކްސްކޮށްލާފައި މަތިޖަހައިގެން ބަހައްޓާ މީރުކުރާށެވެ. 10 މިނެޓު ވަންދެން ތާހުގެ މަތިޖަހާފައި މިމިކްސްގަނޑު ސެޓްވެލަންދެން މަޑުގިނީގައި ބެހެއްޓުމަށްފަހު މަތި ނަގާ ސަމުސަލަކުން ވަށް ހޮރުތަކެއް މިކްސްގަނޑުގައި ހަދާލާށެވެ. އަދި އެހޮރުތަކުގެ ތެރެއަށް ވަކިވަކިން ހަތަރު ބިސް ތަޅާލުމަށްފަހު އަޅާށެވެ. ދެން ފަސްމިނެޓުވަންދެން މަތިޖަހާ ބިސްތައް ފިހެވެންދެން ބަހައްޓާށެވެ.