ކާނާ

ރެސިޕީ: އަލްޖީރިއަން ކެފްތާ


މިއީ ބީފް ސައިޑް ޑިޝްތަކުގެ ތެރެއިންވެސް ވަރަށް ތަފާތު މީރު ޑިޝެއެކެވެ. ރޮށި، ޕާން ނުވަތަ އެހެންކަހަލަ އެއްޗަކާއެކުވެސް މިޑިޝް ކާލެވިދާނެއެވެ.

ބޭނުންވާނެ ތަކެތި:
1 ޕައުންޑް ގްރައުންޑް ބީފް
2 ލޮނުމެދު، މިންސްކޮށްފައި
2 ޖޯޑު މިންސްޓް ފިޔާ
4 ޖޯޑު ތެޔޮ
3 ބޮޑު ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
1 ޖޯޑު ޓޮމާޓޯ ސޯސް (ބޭނުން ވައްތަރެއް)
1 ޖޯޑު ކާށި ކިރު
ބޭނުންވާ ވަރަށް ލޮނު
ބޭނުންވާ ވަރަށް އަސޭމިރުސް
ބޭނުންވާ ތެޅި މިރުސް

ތައްޔާރުކުރާނެގޮތް:
ފުރަތަމަ ގްރައުންޑް ބީފް ކޮޅު މިންސްކޮށްފައިވާ ލޮނުމެދާއި މޭޒުމަތީ ސަމުސަލެއްގެ ފިޔާއާ އެއްކޮށްލާށެވެ. ދެން އެއްކުރި މިކްސްގަޑުން ކުދި ކުދި ގުޅަތައް ވަށާލާށެވެ. މިގޮތުން 12-14 މީޓް މިކްސް ގުޅަ ވަށާލަންވާނެއެވެ.

ތާހެއްގައި ތެޔޮ ހޫނުކުރާށެވެ. އަދި ބީފް ގުޅަތައް މުށިކުލަ އަރައި ނާދާވަރަށް ތެލުލާށެވެ. ތެލުލި މީޓް ބޯލްސްތައް ތައްޓެއްގައި އަތުރާލާށެވެ. އެއަށްފަހު ތެޔޮ ތާސް އުދާފައިވާ އުދުނުގެ ގިނަ މަޑުކޮށްލައި އޭގައިހުރި ތެލުން ބައެއް ނަގައި މަދުކޮށްލާށެވެ. މިއަށްފަހު ތާހުގެ ތެރެއަށް ބާކީހުރި ފިޔާތައް އަޅާލައިމީރުކުރާށެވެ. އަދި މީގެ ތެރެއަށް ލޮނާއި އަސޭމިރުހާއި ތެޅިމިރުހާއި ލޮނުމެދުކޮޅު އަޅައި މީރުކޮށްލާށެވެ.

ދެން ކޮށާފައިވާ ތިން ޓޮމާޓޯ މިމިކްސްގަނޑަށް އެއްކޮށްލުމަށްފަހު މީގެތެރެއަށް ޓޯމާޓޯ ސޯސް ޖޯޑު އަޅާލުމަށްފަހު ފަސްމިނެޓު މަޑު ގިނީގައި މީރުކޮށްލާށެވެ. އެއަށްފަހު 1 ޖޯޑު ކިރު އަޅާލުމަށްފަހު އެންމެ މަޑު ގިނީގައި 10 މިނެޓު ބަހައްޓާލާށެވެ. އެންމެ ފަހުން މީޓް ބޯލްސްތައް މިސޯސްގަޑަށް އެއްކޮށްލާށެވެ.

މިއީ ގާލްކް ބްރެޑް، ބަނަސް ނުވަތަ ރޮއްޓާއެކުވެސް ކާން މީރު އެއްޗެކެވެ.

މާދަރީ ބަސް

"ޑިޝެއެކެވެ"، "މިންސްކޮށްފައި"، "މިކްސްގަޑުން"، "މީޓް ބޯލްސްތައް"، "މިމިކްސްގަނޑަށް"..؟! މިހިރީ ދިވެހިބަހުން ފަސޭހަކަމާއެކު ލިޔެވިދާނެ ބަސްތައް. ދިވެހިބަހުގެ ފެންވަރު އެހާ ދަށިއްޔާ ދަސްކުރަން ފެންނަނީ. އޭގެ ފަހުން ދިވެހިބަހުން ލިޔަން އުޅޭ ސާރާއްތާ..!

ސަލީމް

އިޓްސް ކޮފްތާ، ނޮޓް ކެފްތާ