ކާނާ

ރެސިޕީ : "ހަރީރާ" ރޯދައަށް ޚާއްސަ މޮރޮކަން ސޫޕް


މިއީ މުޅި ދުވަހުގެ ވަރުބަލިކަމާ، ބަރުކަން އިހުސާސްނުވެ ހައިހޫނުކަން ނައްތާލަން ވަރަށް ރަގަނޅު ސޫޕެކެވެ.

ބޭނުންވާނެ ތަކެތި
4 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ (އޮލިވް އޮއިލް)
½ ޖޯޑު މިންސްޑް ފިޔާ (ކުދިކޮށް ކޮށާފަ)
ދެ ސެލަރީ ސްޓޯކް (ކުދިކޮށް ކޮށާފަ)
4 ބޮޑު ޓޮމާޓޯ (ކުދިކޮށް ކޮށާފަ)
3 ލޮނުމެދު (ކުދިކޮށް ކޮށާފަ)
2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
1 ޖޯޑު ބްރައުން ލެންޓިލް ( ފެނު ކައްކާފަހުރި މުގު)
2 ޖޯޑު ޗިކްޕީޒް (ފެނު ކައްކާފަހުރި)
ބޭނުންވާ ސްޕައިސަސް (ކިއުމިން، ކޮރިއަންޑާ، ހިކިމިރުން، މުގުރި މިރުސް، ދިރި، ކޮތަންބިރި، އަސޭމިރުން)
ސިލާންޓްރޯ ނޫނީ ޕާރސްލީ
2 ޖޯޑު ޗިކަސް ސްޓޮކް (ބޮޑު ކިއުބްސް 2 ކިއުބް ހޫނު ފެނުގައި ގިރާފަ)
ޗިކަން ބްރެސްޓް (ކުދިކޮށް ކޮށާ، ހުސް ތެލުގައި މީރުކޮށްފައިވާ)

ތައްޔާރުކުރާނެ ގޮތް
މަތިޖެހޭ ބޮޑު ތެއްޔެއްގައި 4 މޭޒުމަތީ ސަމުސާ ތެޔޮ ހޫނުކޮށްލާށެވެ. މިތެޔޮކޮޅުގެ ތެރެއަށް މިންސްކޮށްފައިވާ ފިޔާކޮޅުއަޅާ މީރުކޮށްލާށެވެ. ދެން ކޮށާފައިވާ ސެލަރީ ސޯޓްކޮޅުއަޅާ މަޑުގިނީގައި މީރުކުރަމުންދާށެވެ. ދެން މީގެތެރެއަށް ކޮށާފައިވާ ޓޮމާޓޯ އެއްކޮށް ދެތިން މިނެޓު ކައްކާލާށެވެ.

އަދި އެއަށްފަހު މިންސްޑް ގާލިކް އަދި ދެސަމުސާ ޓޮމާޓޯ ޕޭސްޓް އެއްކޮށްލާށެވެ. އެއްކުރި އެއްޗެހި ދެތިން މިނެޓު ކައްކާލުމަށްފަހު ކައްކާފައިހުރި ލެންޓިލްސް އަދި ޗިކްޕީޒް އަޅާ މީރުކުރަންފަށާށެވެ. ދެން ރަހަލައްވަން ބޭނުންވާ ވަރަށް ބޭނުންވާ ސްޕައިސަސް އަޅާފަ، މަތިޖެހުމަށްފަހު އިރުކޮޅަކު ބަހައްޓާލާށެވެ.

އަނެއްކާވެސް 4 ވަރަކަށް މިނެޓުކޮށްފަ މަތި ނަގާފައި ސިލާންޓްރޯ ނުވަތަ ޕާސްލީއަޅާފައި، މިކްސްކޮށްލުމަށްފަހު މަތިޖަލާހާ ސިމަރކޮށްލާށެވެ. ދެން ޗިކަން ސްޓޮކާ، މީރުކޮށްފައި ހުރި ޗިކަންކޮޅު އަޅާލާށެވެ. އަދި ގިނި މަޑުކޮށް ދިހަ ވަރަކަށް މިނެޓު ކައްކާލާށެވެ.

މިހާރު މިހިރީ ސޫޕްތައްޔާރުވެފައެވެ. މިއީ ރޯދަ ވީއްލާ ގަޑި ނުވަތަ ތަރާވީސްގަޑިގައި އިންސާފުކޮށްލަން ރަގަނޅު ސޫޕެކެވެ. ސޫޕާއެކު ލުނބޯ ބޭނުންކުރުމުން ރަހައިތުރަށް މީރުވެއެވެ.