ކުޅިވަރު

އެންމެ އުސްރާޅުގައި ރާޅާއެޅުމުގެ ރެކޯޑް މުގުރާލައިފި


އެންމެ އުސް ރާޅުގައި ރާޅާ އެޅުމުގެ ރެކޯޑް، ބްރެޒިލްގެ ރާޅާއެޅުންތެރިއެއްކަމަށްވާ ރޮގްރިގޯ ކޮޒާ މުގުރާލައިފިކަމަށް ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްއިން ހާމަކޮށްފިއެވެ.

އެންމެ އުސް ރާޅުގައި ރާޅާ އެޅުމުގެ ރެކޯޑް ރޮގްރިގޯ މުގުރާލާފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރުމަހުގެ 8 ވަނަ ދުވަހު ޕޯޗުގަލްގެ ނަޒާރޭ ބީޗުގައެވެ. ނަމަވެސް އެކަން ރަސްމީކޮށް އިޢުލާންކޮށްފައިވަނީ މިދިޔަ ހޮނިހިރުދުވަހުގެރޭ ވޯލްޑް ސާފް ލީގުން ބޭއްވި "ބިގް ވޭވްސް" އެވޯޑްސްގައެވެ.

ވޯލްޑް ސާފް ލީގުން ބުނާގޮތުން، ރޮގްރިގޯ ރާޅާ އަޅާފައިވަނީ 80 ފޫޓް އުސް ރާޅެއްގައެވެ. މީގެ ކުރިން މިރެކޯޑް އޮތީ އެމެރިކާގެ ރާޅާ އެޅުންތެރިއެއްކަމަށްވާ ގެރެތު މެކްނަމަރާ އަތުގައެވެ. އެއީ 2011 ވަނަ އަހަރު 78 ފޫޓު އުސް ރާޅެއްގައި ރާޅާ އަޅައިގެނެވެ.
ރެގްރިގޯ ބުނީ އެހާ އުސް ރާޅެއްގައި ރާޅާ އަޅާލުމުން ދުވަހަކުވެސް ނުލިބޭފަދަ އުފާވެރިކަމެއް ލިބިގެންދިޔަކަމަށެވެ. އަދި ރެކޯޑެއް ހެދުމަކީ އޭނާ ދެކެމުންދިޔަ ހުވަފެނެއްކަމަށްވެސް ރޮގްރިގޯ ބުންޏެވެ.