ޚަބަރު

ނޯތު މާލޭ ލީގުގެ ޗެމްޕިއަންކަން ވަން އެންޑް އޮންލީ ރީތިރަށަށް


ރިސޯޓް ވޮލީލިގު ނޯތް މާލޭ ލީގުގެ ޗެމްޕިއަންކަން ވަން އެންޑް އޮންލި ރީތިރަށް ރިސޯޓުން ހޯދައިފިއެވެ.

ފައިނަލްގައި ފޯސީޒަން ކުޑަހުރާ ބަލިކޮށް ރީތިރަށް ތަށި އުފުލާލީ 2-3 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ރީތިރަށުން ގެންދިޔައީ 25-21 ންނެވެ. ދެވަނަ ސެޓް 25-13 އިން ގެންދިޔައީ ކުޑަހުރާއިންނެވެ ތިން ވަނަ ސެޓު 25-17 އިން ރީތިރަށުން ގެންދިޔައިރު ހަތަރުވަނަ ސެޓު 26-14 ން ގެންދިޔައީ ފޯސީޒަނުންނެވެ. ވަރަށް ވާދަވެރި ކުޅުމްކަާްފަހު ފަސްވަނަ ސެޓު 15-11 ން ކާމިޔާބުކުރީ ރީތިރަށުންނެވެ.

ފައިނަލް މެޗުގެ މޮލު ކުޅުންތެޔަކަށް ހޮވުނީ ރީރިރަަށުގެ ލަންކާ ކުޅުންތެރިޔާ ކަވިޝްކާއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 25 ހާސް ރުފިޔާ ދީފައިވާއިރު ރަނަރަޕް ޓީމު ކުޑަހުރާއަށް ވަނީ 15 ހާސް ރުފިޔާދީފައެވެ.

މި މުބާރާތުގެ ޑްރީމް ޓީމަކަށް ހޮވުނީ:
1. ބެސްޓް އައުޓްސައިޑް އެޓޭކަރ: ޔާސިރު މުހައްމަދު، ރީތިރަށް
2. ބެސްޓް އައުޓްސައިޑް އެޓޭކަރ: އަބުދުالله ހަސަން، ފޯ ސީޒަން ކުޑަހުރާ
3. ބެސްޓް މިޑްލް ބްލޮކަރ: ހަސަން އިބްރާހިމް، ރީތިރަށް
4. ބެސްޓް މިޑްލް ބްލޮކަރ: ހަސަން ޔޫސުފް، ފޯ ސީޒަން ކުޑަހުރާ
5. ބެސްޓް ސެޓަރ: އާދަމް ހަލީމް، ރީތިރަަށް
6. ބެސްޓް އޮޕޮސިޓް ޕްލޭޔަރ: މުހައްމަދު އަފާފް، މީރު މޯލްޑިވްސް
7. މޯސްޓް ޕްރޮމިސިން ޕްލޭޔާ: މުހައްމަދު ޔާސިރު، ފޯ ސީޒަން ކުޑަހުރާ
8. ބެސްޓް ލިބަރޯ: އަހުމަދު ނަބީލް، ރީތިރަށް
9. މޯސްޓް ވެލިއުބަލް ފޮރިން ޕްލޭޔަރ: ކަވިޝްކާ، ރީތިރަށް
10. މޯލްސް ވެލއިބަލް ކޯޗު: ސްމިތް،ރީތިރަށް
11. މޯސްޓް ވެލިއުބަލް ޕްލޭޔަރ: ޔާސިރު މުހައްމަދު، ރީތިރަށް

ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުޅުނީ ރީތިރަށުގައެވެ.