މިދިޔަ ހޮނިހިރު ދުވަހު ފުވައްމުލަކަށް ވަރަަށް ބޮޑަށް އުދައެރުމާއި ގުޅިގެން، އުދައެރި ސަރަޙައްދު ހިމަޔާތް ކުރުމަށް ކުރަމުންދާ މަސައްކަތް ނިމިއްޖެއެވެ. އެންމެ ބޮޑަށް އުދައެރި ފޮލިސް ސްޓޭޝަނާއި ދިމާލުން ފުއްޓަރު ފަރާތުގައި މިހާރުވަނީ ބޮޑެތި ވެލި ބަސްތާޖަހާފައެވެ. އަދި ބައެއް ސަރަޙައްދު ތަކުގައި ކާނުކޮނެ ފެން ހިނދޭނެ ގޮތް ހަދާފައިވެއެވެ.
މިމަސައްކަތް ކުރަމުންދާ ފުވައްމުލަކުގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑިޕާރޓްމަންޓުން ބުނީ އުދައިގެ އަސަރު ރަށުތެރެއަށްވެސް ކުރިކަމަށާއި ނަމަވެސް އެއްވެސް އިމާރާތަކަށް ގެއްލުމެއް ނުވާކަމަށެވެ. އުދައެރި ސަރަޙައްދުގައި ހުރި ޕޮލިސް ޓޭޝަނަށްވެސް އުދައިގެ އަސަރުކުރިއެވެ.
އުދައިގެ އަސަރުކުރި ރަށްތަކަށް ހައުސިން މިނިސްޓްރީގެ ޓީމްތައްވަނީ ޒިޔާރަތްކޮށް ޙާލަތު ބާލާފައެވެ. އެގޮތުން ފުވައްމުލައް ސިޓީގެ ޙާލަތު ބެލުމަށްފަހު ހައުސިންގ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަބްދުއްސަލާމް ވިދާޅުވީ އުދައިގެ އަސަރު ކުޑަކުރުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި މިނިސްޓްރީއާއި ސަރުކާރުން ވަރަށް ގާތުން އެހީތެރިކަން ފޯރުކޮށް ދެމުންދާކަމަށެވެ.
"އުދައަރާކަން އެނގުނު ހިސާބުން މިނިސްޓަރާއި ސަރުކާރުން މިދަނީ ޙާލަތު ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން. ވަގުތީ ގޮތުން މިހާރު ވެލިބަސްތާތައްޖަހާ، އިތުރަށް އުދައަރާފާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ހުރިހާ މުއައްސަސަތަކުން މިތިބީ ތައްޔާރީ ހާލަތުގައަބްދުއްސަލާމް
."އުދައަރާކަން އެނގުނު ހިސާބުން މިނިސްޓަރާއި ސަރުކާރުން މިދަނީ ޙާލަތު ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން. ވަގުތީ ގޮތުން މިހާރު ވެލިބަސްތާތައްޖަހާ، އިތުރަށް އުދައަރާފާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ހުރިހާ މުއައްސަސަތަކުން މިތިބީ ތައްޔާރީ ހާލަތުގަ" އަބްދުއްސަލާމް ވިދާޅުވިއެވެ.
މީގެ އިތުރުން ފުވައްމުލަކުގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓުގެ ކޯޑިނޭޓަރ ޙުސެއިން ޝަރީފް ވިދާޅުވީ އުދައަރަން ފެށުމުން މުއައްސަސާތަކާއި ބައްދަލުކޮށް އެންމެ ފުރަތަމަ ނިންމީ، ވަގުތީ ގޮތުން ޙައްލެއް ހޯދުމަށް ކަމަށެވެ. އެގޮތުން މިހާރު އުދައަރާފާނެ ކަމަށް ލަފާކުރެވޭ ހިސާބު ތަކުގައި ބޮޑެތި ވެލިބަސްތާ ޖަހާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އުދައަރާފާނެ ކަމަށް ލަފާކުރެވޭ ސަރަޙައްދު (މި ޕޮލިސް ސްޓޭޝަނާއި) އަދި ދިގުވާނޑު ސަރަޙައްދުވެސް ފާހަގަ ކުރެވިފަ އޮތީމަ އެ ސަރަޙައްދުގައި މިހާރު ޖަމްބޯ ބޭގް ޖެހުމުގެ މަސައްކަތްކޮށްފައިވަނީ. އަދި މަގު ސާފުމުގެ މަސައްކަތް އެއްކޮށް ނިންމާ، އިތުރަށް މުއައްސަސާތަކާއެކު މިދަނީ ގުޅިގެން މަސައްކަތް ކުރަމުން" ޙުސެއިން ޝަރީފް ވިދާޅުވިއެވެ.
ފުވައްމުލައް ހިމެނޭ ގޮތަށް ރާއްޖޭގެ އެކިހިސާބުތަކަށް އުދައަރާފާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، އެކަމަށް ފުވައްމުލައް ސިޓީގެ މުއައްސަސާތަކުން ތައްޔާރުވެފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.