ޓުއަރިޒަމް

އެފްއެސްއޭ ކޮމެންޑޭޝަން އެވޯޑު ދުސިތް ތާނީއަށް


ރާއްޖެއަކީ ފަތުރުވެރިންނަށް މެހެމާންދަރީއަދާކުރުމުގައި ލާމަސީލު ޤައުމެކެވެ. މިކަން ރާއްޖޭގެ ރިސޯޓުތަކުން ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ ރިސޯޓުތަކުން ޙާޞިލުކުރަމުންދާ އެވޯޑުތަކުން މިކަން ސާބިތުވެއެވެ. ކާބޯތަކެތީގެ ސާފުތާހިރުކަމުގެ މިންގަޑު ހިފެހެއްޓުމުގައިވެސް ރާއްޖޭގެ ރިސޯޓުތަކުން ދަނީ އެވޯޑުތައް ހޯދަމުންނެވެ.

ރާއްޖޭގެ ރިސޯޓުތަކާ، ހޮޓާތަކުގެ އިތުރުން ފަތުރުވެރިކަމުގެ އެކި ޚިދުމަތްތައް ދޭ ފަރާތްތަކުން ދަނީ ބައިނަލްއަޤުވާމީ މައިދާނުގައި ގިނަ އެވޯޑް ތަކެއް ޙާޞިލުކުރުމުންނެވެ. މިއީ މިދާއިރާގައި ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަގަނޅުވުމުން ލިބޭ އެވޯޑުތަކެއްކަން ޔަޤީނެވެ. މެހެމާންދާރީގެ ބައިން ލިބޭ އެވޯޑުތަކުގެ އިތުރުން ރާއްޖޭގެ ރިސޯޓުތަކުން ދަނީ ކާބޯތަކެތީގެ ސާފުތާހިރުކަމުގެ މިންގަޑަށް ނިޞްބަތްވާ އެވޯޑްތައްވެސް ޙާޞިލުކުރަމުންނެވެ.

އެންމެ ފަހުން ރާއްޖެއަށް ލިބުނު އެވޯޑަކީ ދުސިތް ތާނީ މޯލްޑިވްސްއަށް ލިބުނު ފުޑް ސޭފްޓީ އޭޝިޔާ، އެފްއެސްއޭގެ ކޮމެންޑޭޝަން އެވޯޑެވެ. މިއީ އޭޝިޔާ ޞަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑު އެންމެ ރަގަނޅު ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށްދޭ އެވޯޑެކެވެ. މިއީ ދުސިތް ތާނީ މޯލްޑިވްސްއިން މިއެވޯޑު ޙާޞިލުކުރި ދެވަނަ އަހަރެވެ. އަދި ދުސިތް ތާނީ މޯލްޑިވްސްއިން މިއެވޯޑު ޙާޞިލުކޮށްފައިވަނީ އެފްއެސްއޭގެ މިންގަޑުގެ 97 ޕަސަންޓް މާރކްސް ހޯދައިގެންނެވެ. މިއީ ރާއްޖޭގެ ރިސޯޓަކުން ހޯދި އެންމެ މަތީ މާރކްސްކަން ފާހަގަކޮށްލެވެއެވެ.

ދުސިތް ތާނީ މޯލްޑިވްސްގެ އެގްޒެކެޓިވް ޝެފް ކެމަރޮން ސްޓީލް ބުނީ މިއެވޯޑު ލިބުމުން ރަމްޒުކޮށްދެނީ އެރިސޯޓުގެ ބަދިގޭގައި މަސައްކަތްކުރާ ޓީމަކީ ރައްކާތެރިކަމާ، ސާފުތާހިރުކަމުގެ މިންގަނޑުތައް ހިފެހެއްޓުމުގައި ކެނޑިނޭޅި މަސައްކަތްކުރާ ޓީމެއްކަމަށެވެ.

އެފްއެސްއޭއަކީ ކާބޯތަކެތި ތައްޔާރުކުރާ ތަންތަން އޮޑިޓްކުރުމުގެ މަޤްސަދުގައި ރާއްޖޭގައި ޤާއިމްކޮށްފައިވާ ކުންފުންޏެކެވެ. މިކުންފުނިންދަނީ ރާއްޖެއާ މިޞަރަޙައްދުގައި ހިންގާ ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުގެ ފެންވަރު ބަލާ، މިފަދަ ތަންތަނުގެ ފެންވަރު ރަގަނޅުކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ގިނަ ކަންތައްތަކެއް ކުރަމުންނެވެ.