ލައިފް ސްޓައިލް

ފައިދާހުރި ކެއުންތަކާއިއެކު ކެލޮރީ ކައުންޓަރ ރާއްޖެއަށް


ސްރީލަންކާގެ މަޝްހޫރު ކެލޮރީ ކައުންޓަރގެ ރެސްޓޯރެންޓެއް މާލޭގައި ހުޅުވައިިފިއެވެ. ސިއްޙަތަށް ބަލައިގެން ކެއުމަށް ބޭނުންވާ ފަރާތްތަކަށް ޙާއްސަކޮށްގެން ހުޅުވި މި ރެސްޓޯރަންޓަކީ އިންޓަރނޭޝަނަލް ފްރެންޗައިޒް ރެސްޓޯރެންޓެކެވެ.

ސްރީލަންކާގެ ބްރޭންޑެއްކަމަށްވާ ކެލެރީ ކައުންޓަރ އިން ރާއްޖޭގައި ހުޅުވި ރެސްޓޯރަންޓަކީ އެ ބްރޭންޑްގެ ދެވަނަ ފްރެންޗައިޒް އައުޓްލެޓްއެވެ. ކެލޮރީ ކައުންޓަރގެ ރާއްޖޭގެ ރެސްޓޯރަންޓް ހުޅުވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން އެ ކުންފުނީގެ ފައުންޑަރ ޑުވެއިނީ ޕެއިރިސް ވިދާޅުވީ ކެލޮރީ ކައުންޓަރ އަކީ ސިއްހަތަށް  ފައިދާ ހުރި ކާނާ ފަސޭހަކަމާއި އެކު ލިބޭނެ މަގު ފަހިކޮށްދިނުމުގެ ބޭނުމުގައި ހިންގަމުން އަންނަ  ރެސްޓޯރެންޓެއްކަމަށެވެ. އަދި ކެލޮރީ ކައުންޓަރ އިން ލިބޭ ތަކެއްޗަކީ ތަފާތު ރަހަމީރު އަދި އަގުހެޔޮ ތަކެއްޗަށް ވެގެންދާނެކަމަށެވެ.

ކެލޮރީ ކައުންޓްރުން ބުނީ އެތަނުގެ މެނޫގައި ހުންނަ އެއްޗެއްސަކީ ވަގުތުން ވަގުތަައް ތައްޔާރުކުރާ އަދި ތާޒާ ތަކެތި ބޭނުންކޮށްގެން ހަދާތަކެތިކަމަށެވެ. އަދި އެންމެ ޙާއްސަކަމެއްގެ ގޮތުގައި އެތަނުން ތައްޔާރުކުރާ ކާ އެއްޗެއްސަކީ ކަސްޓަމަރުންނަށް ފެންނަގޮތަށް ތައްޔާރުކުރެވޭ އެއްޗެހިކަމަށްވެސް އެ ރެސްޓޯރެންޓުން ބުނެއެވެ. މި ތަނުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ އެކި ކަހަލަ ތަފާތު ކާ ތަކެއްޗާއި  ކަސްރަތުކުރާ އަދި ޖިމަށްދާ ފަރާތްތަކަށް ބޭނުންވާ ފަދަ ތަކެތި ވަގުތުން ތައްޔާރުކޮށް ލިބެން ހުންނާނެކަމަށެވެ.

ކެލޮރީ ކައުންޓަރގެ ތިން ރެސްޓޯރެންޓެއް ލަންކާގައި ހުރެއެވެ. މި ތަނުގެ ފުރަތަމަ އިންޓަރނޭޝަނަލް ފްރެންޗައިޒް ރެސްޓޯރަންޓް ހުޅުވާފައިވަނީ ކުވެއިތުގައެވެ. މާލޭގެ އައުޓްލެޓުް ހުންނާނީ ހ. ސިލްވާ އޯކް، އަބަދަށް އުފާ މަގުގައެވެ.