ތަރައްްޤީ

އެންމެ ގިނައިން ހުށަހެޅުނީ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަ- އޭސީސީ


އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މިއަހަރުގެ ދެވަނަ ކުއާޓަރގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން އެ ކޮމިޝަނަށް ހުށަހެޅިފައިވަނީ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

އޭސީސީން ހާމަކޮށްފައިވާގޮތުގައި އެ ކޮމިޝަނުގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް ޕްރޮކިއުމަންޓާ ގުޅޭ 55 މައްސަލަ ވަނީ ހުށައަޅާފައެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 65 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވެއެވެ.

އޭސީސީން ބުނީ ވަޒީފާތަކާ ގުޅޭ 19 މައްސަލައެއް އެ ކޮމިޝަނަށް މިހާތަނަށް ހުށަހަޅާފައިވާ ކަމަށެވެ. މިއަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ގޯތިގެދޮރާއި ކުއްޔަށް ދޫކުރެވޭ ބިމާއި ރަށްތަކާއި ގުޅޭ ޖުމްލަ 26 މައްސަލައެއް ރަޖިސްޓްރީ ކުރެވިފައިވާއިރު އެހެނިހެން ތަފާތު ބާވަތްތަކުގެ 52 މައްސަލައެއް މި އަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި އެ ކޮމިޝަނަށް ހުށަހަޅާފައިވެއެވެ. އޭސީސީން ބުނީ މިއަހަރުގެ މިހާތަނަށް ރަޖިސްޓްރީ ކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން ތަހްޤީގް ކުރުމަށް ނިންމާފައިވަނީ 99 މައްސަލަ ކަމަށެވެ.