ތަރައްްޤީ

ލަފާފުރުމުގެ ދަތިކަން ޙައްލުކުރަން މަސައްކަތް ކުރާނަން - މުޢިއްޒު


ލަފާ ފުރުމުގެ ދަތިކަންހުރި ހުރިހާ ރަށެއްގެ އެ ދަތިކަން މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ޙައްލުކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތ. އޮމަދޫގެ ބަނދަރު ހެދުމުގެ މަޝްރޫޢު ފެށޭނެ ތާރީޚެއް ސާފުކުރުމަށް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ކިނބިދޫ ދާއިރާގެ މެމްބަރ ޢަބްދު ﷲ ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އޮމަދޫ ބަނދަރު ހެދުމަށްވެސް އަދި ބަނދަރު ނެތް ރަށްރަށުގައި ބަނދަރާއި ޖެޓީ ހެދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައިފަހުން އެކަނިވެސް ރާއްޖޭގައި 34 ބަނދަރެއް ހަދާ ނިންމާފައިވާ ކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ. އަދި 39 ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.