ތަރައްްޤީ

ހދ.ނެއްލައިދޫ ބަނދަރު އިފްތިތާޙުކޮށްދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ތިލަދުންމަތީ ދެކުނުބުރީ  ނެއްލައިދޫ ބަނދަރު ހުޅުއްވައިދެއްވައިފިއެވެ.

ހދ.އަތޮޅާއި، ށ.އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ މިހާރުކުރައްވަމުންދާ ދަތުރުފުޅުގައި ނެއްލައިދޫ ބަނދަރު ހުޅުވައިދެއްވީ ދާދި ދެންމެއަކުއެވެ. 

ހދ، އަތޮޅާއި ށ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ.ކުރިނބި އަދި ހިރިމަރަދޫ ބަނދަރު ހުޅުއްވައިދެއްވުމަށްފަހު މިއަދުގެ އެންމެ ފަހުގެ މަންޒިލެއްގެ ގޮތުން އެއަތޮޅު ނެއްލައިދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު މިވަނީ ދާދި ދެންމެއަކު ހުޅުއްވައިދެއްވާފައެވެ. 

އާބާދީގައި 1200 އެއްހާ މީހުން ދިރިއުޅޭ ނެއްލައިދޫގައި ސަރުކާރުން ތަރައްޤީކުރައްވާފައިވަނީ 400 ފޫޓް ދިގު އަދި 200 ފޫޓް ފުޅާ ބަނދަރެކެވެ. މި މަޝްރޫއަށް ސަރުކާރުން ވަނީ 25.5 މިލިއަން ރުފިޔާ ޚަރަދު ކުރައްވާފައެވބެ. ނެއްލައިދޫ ބަނދަރުގެ ކޮންޓްރެކްޓަރއަކީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްއެވެ. 2011 ވަނަ އަހަރު ބަނދަރުގެ ޢަމަލީ މަސައްކަތް ފެށުމަށް ފަހު، ދިމާވި އެކިއެކި މައްސަލަތަކަށްފަހު، ރައީސް ޔަމީންގެ ސަރުކާރުން ވަނީ ނެއްލައިދޫ ބަނދަރުގެ މައްސަަލަ ޙައްލުކުރައްވާ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޢަމަލީ މަސައްކަތް ނިންމަވާފައެވެ. 

މި ބަނދަރުވެސް ހަދާފައިވަނީ ޒަމާނީ ފެންވަރަށް ޝީޓް ޕައިލްކޮށް، ބޭރު ތޮށީގައި ބޮޑު ހިލައިގެ ޖަހައިގެންނެވެ. އަދި އެއްގަމު ތޮއްޓާއި އިންވެގެން ފަނަރަ ފޫޓަށް ވަނީ ގާ ޖަހާފައެވެ. އަދި މަގު ބައްތި ޖަހާ ބަނދަރު ވަނީ ފުރިހަމަކޮށްފައެވެ. މިއީ ނެއްލައިދޫގެ އާބާދީއާއި، އެރަށުގައި ގެންގުޅޭ އޮޑިދޯނި ފަަހަރަށް ބައްލާއިރު، އެރަށަށް އެންމެ އެކަށީގެންވާ ބަނދަރެއް ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.