ތަރައްްޤީ

ބްރިޖްގެ ފުރަތަމަ ތަނބު ލޮނުގަނޑު މަތިން ފެންނަން ފަށައިފި


ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ފުރަތަމަ ތަބު ލޮނުގަނޑުން މައްޗަށް އަރައިފިއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މައި 5 ތަނބުގެ ތެރެއިން ކޮންމެ ތަނބެއްގައި 7 ޕައިލް ހިމެނެއެވެ. ފުރަތަމަ ތަނބުގެ 7 ޕައިލް ލޮނުގަނޑުން މައްޗަށް އަރައިފައިވާއިރު، މިހާތަނަށް 12 ތަނބު ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ވަނީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް ނޫސްވެރިން ގެންގޮސް، ބްރިޖުގެ ޢަމަލީ މަސައްކަތް ކުރިއަށްދާގޮތް ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތުގެ ތެރެއިން މީގެކުރިން ހައުސިންގ މިނިސްޓްރީން، ބްރިޖުގެ މަސައްކަތް ކުރުމަށް އަޅާފައިވާ ވަގުތީ ޕްލެޓްފޯމާއި ޢަމަލީ މަސައްކަތް ކުރިއަށްދާގޮތް ނޫސްވެރިންނަށް ދައްކާލާފައިވެއެވެ.