ތަރައްްޤީ

ޖޮގިން ޓްރެކްގެ މަސައްކަތް މޫސުން ގޯސްވުމުގެ ސަބަބުން ނުނިމި


ރަސްފަންނު ސަރަޙައްދުގައި ހައްދަވަމުން އަންނަ ޖޮގިން ޓްރެކްގެ މަސައްކަތް ނިންމުމަށް ހުރަސް އެޅިފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވިގޮތުގައި ދޭތެރެ ދޭތެރެއިން ވިއްސާރަ ކުރަމުންދާއިރެއްގައި އެ މަސައްކަތް ނުކުރެއްވޭނެ ކަމަށާއި، އެ މަސައްކަތް މުޅިން ނިންމާލެވޭނީ ހޫނު ދުވަސްވަރެއްގައި ކަމަށެވެ. ހައުސިން މިނިސްޓްރީގެ މީޑިޔާ ކޮންސަލްޓަންޓް އަޙްމަދު ފަޒާލް ވިދާޅުވީ، ޖޮގިން ޓްރެކްގެ މަސައްކަތް އެންމެ ފުރަތަމަ ނިންމުމަށް، ޓާގެޓްކުރީ މިދިޔަ ޖުލައި މަހުގެ 26 އަށް ކަމަށެވެ. ނަމަވެސް އެ މުއްދަތުގައިވެސް މަސައްކަތް ނިމިފައި ނުވަނީ، ވިއްސާރައިގެ ސަބަބުން ކަމަށާއި، މަސައްކަތް ނިންމާލެވޭނީ، ހޫނުގަދަ ދިގު މުއްދަތެއް ލިބިގެންކަމަށެވެ.

ޖޮގިން ޓްރެކަކީ ރަސްމީގޮތުން ހުޅުއްވާފައިވާ ތަނެއް ނޫން ކަމަށާއި، އެތަނަކީ އަދިވެސް މަސައްކަތް ކުރިއަށްދާ ތަނެއްކަމަށް ފަޒާލް ވިދާޅުވިއެވެ. ފަޒާލް ވިދާޅުވީ، ޖޮގިން ޓްރެކްގެ ޢަމަލީ މަސައްކަތް ނިންމަވާލެއްވުމަށް އަދިވެސް ވަގުތު ހޭދަވާނެ ކަމަށާއި، ވިއްސާރަކުރަމުންދާނަމަ މަސައްކަތް އަދިވެސް ލަސްވުން އެކަށީގެންވާ ކަމަށެވެ.