ތަރައްްޤީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކުރާ ގޯތިތައް ބީލަމަށް ހުޅުވާލަނީ


ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ފުރަތަމަ ދޫކުރާ 76 ގޯއްޗަށް ބީލަން ހުށައެޅުމުގެ ފުރުޞަތު އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ހުޅުވާލާނޭ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ހާމަކޮށްފިއެވެ.

އެޗް.ޑީ.ސީން ބުނީ ފޭސް ދޭއްގައި ހިމެނޭ ބިންތަކުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ފިޔަވަހި ތަކަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ފިޔަވަހީގައި ދޫކުރާ 76 ގޯއްޗަކީ، އެއްހާހާއި، އަށާރަސަތޭކަ އަކަފޫޓާއި ދެމެދުގެ ބިންތަކެއް ކަމަށެވެ. މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް 3000 ރުފިޔާގެ ރޭޓުން ކަމަށާއި، އެންމެ މަތިން ބީލަން ހުށައަޅާ 76 ފަރާތަށް ބިންތައް ދޫކުރައްވާނެ ކަމަށް އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވެއެވެ.