ހުވަދު އަތޮޅުގެ 6 ރަށެއްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކުގެ ބިންގާ އަޅައިފިއެވެ.
މިއަދު އެރަށްރަށުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެތަކުގެ ބިންގާ އަޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ. މި ރަސްމިއްޔާތުތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި އެރަށްރަށުގެ އެކި މުއައްސަސާތަކުގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ބިންގާ އަޅުއްވައިދެއްވާފައިވަނީ ގއ. ވިލިނގިލި، ގއ. ގެމަނަފުށި، ގދ. ގައްދޫ، ގދ. ވާދޫ، ގދ. ފަރެސްމާތޮޑާ އަދި ގދ. މަޑަވެލީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކުގެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މި ރަށްރަޖުގެ ފުލުހުންގެ މަރުކަޒުތަކުގެ ބިންގާ އަޅުއްވައިދެއްވީ ހުވަދުއަތޮޅު އުތުރުބުރީ އަދި ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.