ދުނިޔެ

އީރާނުން ދަނީ ޔަމަނަށް ހަތިޔާރު އެތެރެކުރަމުން- ޖީސީސީ


ޢީރާނުން ޔަމަނަށް ސިއްރިޔާތުގައި ހަތިޔާރު އެތެރެކުރަމުން ގެންދާކަމަށް ގަލްފުގެ ޢަރަބި ޤައުމުތަކުގެ ޖަމްޢިއްޔާ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އިން ތުހުމަތުކޮށްފިއެވެ.

ޖިސީސީގެ އަމީންއާންމު ޢަބްދުއްލަތީފް އައްޒައްޔާނީ ވިދާޅުވީ އީރާނުން ޔަމަނުގެ ހޫޘީ ޖަމާޢަތަށް ސިއްރިޔާތުގައި ހަތިޔާރު ފޯރުކޮށްދޭކަމަށް އެކައުންސިލްގެ ޤައުމުތަކުން ދެކޭކަމަށާއި މިކަން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ސަޢަދީ ޢަރަބިޔާގައި ބޭއްވި އެކައުންސިލްގެ ދިފާޢީ ވަޒީރުން ގެ ބައްދަލުވުމުން ނިންމާފައިވާކަމަށެވެ.

ސަޢޫދީ ޢަރަބިޔާގައި ބޭއްވި މި ބައްދަލުވުމުގައި އެމެރިކާގެ ދިފާޢީ ވަޒީރު އޭޝްޓަން ކާޓަރވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ޒައްޔާނީ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ޖީސީސީގެ ދިފާއީ ވަޒީރުންނާއި އެމެރިކާގެ ދިފާޢީ ވަޒީރު އެއްބަސްވެވަޑައިގަތީ ޔަމަނަށް ސިއްރިޔާތުގައި ހަތިޔާރު އެތެކުރުން ހުއްޓުވުމަށްޓަކައި ދެފަރާތް ގުޅިގެން ޔަމަންގެ ކަނޑުގެ އައްސޭރިފަށުގައި ޕެޓްރޯލްކުރުމަށް ކަމަށާ މިކަން ވަރަށް އަވަހަށް ފެށޭނެކަމަށް އައްޒައްޔާނީ ވިދާޅުވިއެވެ.