ކުޅިވަރު

ސައުތު އޭޝިއާގެ ޖޫނިއާ ޓީޓީ މުބާރާތް ރާއްޖޭގައި ފަށައިފި


ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ކުޅުން ރާއްޖޭގައި ފަށައިފިއެވެ.

މި މުބާރާތުގައި މި ސަރަހައްދުގެ ހަ ގައުމެއްގެ 85 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖޭގެ އިތުރުން، ނޭޕާލް، ސްރީލަންކާ، އިންޑިއާ، ބަންގްލަދޭޝް އަދި ޕާކިސްތާންއެވެ.

މި މުބާރާތުގެ ޖޫނިއާ ފިރިހެން ޓީމު އިވެންޓުގައި ކުޅުނު ފުރަތަމަ މެޗު ވާދަވެރި ކުޅުމަކަށްފަހު ސްރީލަންކާއިން ކާމިޔާބުކުރީ 3-1 ގޭމުންނެވެ.

މި މެޗުގެ ފުރަތަމަ ގޭމުގެ ސެޓުތައް ލަންކާއިން ގެންދިޔައީ، 11-7. 10-9 އަދި 12-10 އިންނެވެ.

އެކަމަކު ދެވަނަ ގޭމުގެ ސެޓުތައް ފަސޭހަކަމާއެކު ނޭޕާލުން ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުގެ ސެޓުތައް ނޭޕާލުން ގެންދިޔައީ، 11-3، 11-7 އަދި 11-6 އިންނެވެ.

އަދި ތިންވަނަ ގޭމުގެ ސެޓުތައް ވެސް ލަންކާއިން ގެންދިޔައީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 11-9، 11-9، އަދި 11-5 އިންނެވެ.

މެޗުގެ ހަތަރުވަނަ ސެޓުގެ ކުޅުން ފޯރިގަދަކޮށް ފެނިގެންދިޔައިރު މި މެޗުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 7-11، 11-9، 12-10،11-13 އަދި 11-7 އިންނެވެ.

މި މުބާރާތުގައި މިއަދު މެންދުރު ކުޅުނު އަންހެން ޖޫނިއާ ޓީމް އިވެންޓުގެ މެޗު ރާއްޖެއިން ވަނީ ސީދާ 3 ގޭމުން ކާމިޔާބުކޮށްފައެވެ.

ފުރަތަމަ ގޭމުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ކުޅުންއަރާ ޕާކިސްތާނު ކުޅުންތެރިޔާގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.

ފުރަތަމަ ގޭމުގެ ސެޓުތައް ރާއްޖެއިން ގެންދިޔައީ 11-9، 11-8 އަދި 11-9 އިންނެވެ. ދެވަނަ ގޭމުގައި ރާއްޖޭގެ އެއް ނަމްބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ ފަސޭހަކަމާއެކު ޕާކިސްތާނު ކުޅުންތެރިޔާގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. މި ގޭމުގެ ސެޓުތައް ދީމާ ގެންދިޔައީ، 11-5، 11-9 އަދި 11-1 އިންނެވެ.

ތިންވަނަ ގޭމުގައި ޒުވާން ކުޅުންތެރިޔާ މިޝްކާ މުޙައްމަދު އިބްރާހީމްގެ މައްޗަށް ޕާކިސްތާނުގެ ކުޅުންތެރިޔާގެ ފަހަތުންއަރާ ކުރި ހޯދީ 3-2 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު މިޝްކާ ވަނީ ފަސޭހަކަމާއެކު 11-5 އަދި 11-6 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ޕާކިސްތާނު ކުޅުންތެރިޔާ ވަނީ ޖެހިގެން އައި ތިން ސެޓު 11-6، 13-11 އަދި 11-3 އިންނެވެ.

މެޗުގެ ފަހު ގޭމުގައި ރާއްޖޭގެ ދީމާ ކުޅެންއެރިއިރު، އޭނާ ވަނީ ފަސޭހަކަމާއެކު ތިން ސެޓު ކާމިޔާބުކޮށްފައެވެ. މި ގޭމުގެ ސެޓުތައް ޕާކިސްތާނުގެ ކުޅުންތެރިޔާގެ މައްޗަށް ދީމާ ކުރިހޯދީ 7-11، 5-11 އަދި 11-1 އިންނެވެ.

މި މުބާރާތުގެ މެޗުތަކުގެ ކުޅުން މިއަދު ފެށިއިރު، މުބާރާތުގެ ކުޅުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މިއީ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތް ރާއްޖޭގައި ބޭއްވޭ ދެވަނަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވަނީ ކެޑޭޓް މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައެވެ.