ޚަބަރު

ނަރުދޫ ބަނދަރު 1 އަހަރުތެރޭ މަރާމާތުކޮށް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފި


ށ،ނަރުދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްފިއެވެ. މި މަސައްކަތްކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 43 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށެވެ.

މި މަސައްކަތުގެ ދަށުން އެރަށު ބަނދަރުން 36،010 އަކަމީޓަރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބަނދަރަށް އިތުރުކުރާ ބައިން 15،202 އަކަމީޓަރަށް ފުން ކުރާނެއެވެ. 4120 އަކަމީޓަރަށް ބަނދަރަށް ވަންނަ ނެރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ. ބަނދަރު މަރާމާތުކޮށް ނިމޭއެރު މަގު ބައްތީގެ 10 ބައްތި ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއުގެ ދަށުން 955 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި ރޭމްޕް ހަދާނެކަމަށެވެ. ބަނދަރުގައި 10 މޫރިން ބޮއި ހަރުކުރުމާއި 210 މީޓަރުގައި އެއްގަމު ތޮށި ލުމާއި 399 މީޓަރ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި 205 މީޓަރުގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ. އަދި މި މި މަޝްރޫއުގެ ދަށުން 196 މީޓަރު ސަރަޙައްދެއްގައި ސްކޯރިންގ އެޕްރިން ޖެހުމާއި 2 ނެވިގޭޝަން ލައިޓްވެސް ހަރުކުރާނެއެވެ.