ޚަބަރު

އެމްޕީއެލް ސަރަހައްދު ބަންދުކޮށް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ


އެމްޕީއެލް ޕޯޓް، ފޮޓޯ- މުޙައްމަދު ވަޙީދު / ޕީއެސްއެމް ނިއުސް

ކެމިކަލް ތަކެއް ލީކުވެގެންކަމަށް ބެލެވޭތީ އެމްޕީއެލް ސަރަހައްދު ބަންދުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމްޕީއެލް ސަރަހައްދު ބަންދުކޮށްފައިވަނީ އެސަރަހައްދުގައި ކެމިކަލް ލީކުވެގެން އުޅޭ ކަމުގެ މައުލޫމާތުތަކެއް ލިބިގެންކަމަށެވެ.

އެސަރަހައްދުގައި ފުލުހުންނާއި ސިފައިން މިހާރު ހަރަކާތްތެރި ވަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މިހާދިސާގެ މާބޮޑު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.