ޚަބަރު

ޑްރެޖާއެއްގައި ހިނގި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެ


  • މަރުވެފައިވަނީ 30 އަހަރުގެ އިންޑިއާ ފިރިހެނެއް

  • ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހެނދުނު 10:38 އެހާ ކަންހާއިރު

  • ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވޭ

ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖާއެއްގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކަށް ލިބުނު އަނިޔާއެއްގެ ސަބަބުން މަރުވެއްޖެއެވެ.

މަރުވެފައިވަނީ 30 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާޅެ ފަޅުތެރޭގައި އޮތް ޑްރެޖާއެއްގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:38 އެހާ ކަންހާއިރު ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށެވެ.

މިހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.