ޚަބަރު

ފާރެއް ވެއްޓި، ސީރިއަސް އަނިޔާތަކެއް ލިބުނު ކުއްޖަކު އިތުރު ފަރުވާއަށް މާލެއަށް


  • އަނިޔާ ލިބިފައިވަނީ 10 އަހަރުގެ ފިރިހެން ކުއްޖަކަށް

ވިއްސާރަވެ، ވައިގަދަވުމުގެ ސަބަބުން ތ.ކަނޑޫދޫގައި ފާރެއް ވެއްޓި ކުޑަކުއްޖަކަށް ސީރިއަސް އަނިޔާކެއް ލިބިއްޖެއެވެ.

ކަނޑޫދޫ ކައުންސިލުގެ ރައީސް އަޙްމަދު ރީހާން ވިދާޅުވީ އިއްޔެ ހަވީރު ހިނގި މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ 10 އަހަރުގެ ފިރިހެން ކުއްޖަކަށްކަމަށެވެ. އަދި ކުއްޖާއަށް ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ދިނުމަށް މިއަދު ހެނދުނު މާލެ ގެނެސްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލް ރައީސް ވިދާޅުވީ މޫސުން ގޯސްވެ، ވައިގަދަވުމުގެ ސަބަބުން ވެއްޓިފައިވަނީ ދުވަސްވެގެން ބާވެފައިވާ ފާރެއްކަމަށެވެ.
އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުންވެސް ވަނީ ހާމަކޮށްފައެވެ.