ޚަބަރު

ހިންމަފުށި ބަނދަރު ފުންކުމުގެ މަސައްކަތް ނިންމާލައިފި


ހިންމަފުށީ ބަނދަރުގެ އެއްގަމު ތޮށީގައި ގައުއަތުރައި ބަނދަރު ފުންކޮށް ނިންމާލާފައިވާކަމަށް އެމަސައްކަތުގެ ކޮންޓެކްޓަރ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

2020ވަނަ އަހަރު ހަވާލުކުރި މިމަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ ބަނދަރުގެ އެއްގަމު ތޮށީގައި ކޮންކްރީޓްއެޅުމުގެ މަސައްކަތްކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ހިންމަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެދަށުން ބަނދަރު ހިމެނޭ ސަރަހައްދުން 14300 އަކަމީޓަރުގެ ސަރަހައްދެއް ވަނީ ފުންކޮށް ނިންމާފައެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 38 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިން ރިވެޓްމަންޓް ޖެހުމާއި 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލައި ނެރުބައްތި ހަރުކުުރުމަށްވަނީ ހަމަޖެހިފައެވެ.

ހިންމަފުށްޓަކީ ގިނަ މަސްފެކްޓްރީ ހިންގާ ރަށަކަށްވުމުން އެރަށަށް ގިނަ ޢަދަދެއްގެ އުޅަނދު ވަދެނުކުމެ ހެދުމުގައި ނެރު ހަނިވުމާއި ފަޅުން ޖާގަ ނުލިބުމުމަކީ އޭރު މަސްވެރިންގެ އޮތް ކަންބޮޑުވުމެކެވެ. އެހެން ނަމަވެސް މިހާރު އެކަމަށް ހައްލުލިބި ރާއްޖޭގައި ރަށްރަށުގައި ހުރި ބަނދަރުތައް ހެދުމާއި ހަލާކުވެ ބޭނުން ނުކުރެވޭރުވެފައިހުރި ބަނދަރުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.