ޚަބަރު

އިތުރު 291 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 291 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޯވިޑަށް އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 174000 އިން މައްޗަށްވަނީ އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވި 291 މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތަކުންނެވެ. އެއީ 229 މީހުންނެވެ. އަދި މާލެއިން ޕޮޒިޓިވްވި 44 މީހަކާއި ރިސޯޓުތަކުން 11 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 174،658 އަށް އަރާފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވަމުން ދިއުމާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދުވެސް އަންނަނީ ދަށްވަމުންނެވެ. މިވަގުތު ބަލީގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 10،661 މީހަކު މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ އެންމެ 4 މީހަކަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 2،150 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 163،687 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 2،103 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން ކޯވިޑްގެ އަދަދުތައް ތިރިވެފައިވާ މިދަނޑުވަޅުގައި ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ އުވާލާފައެވެ. އަދި ގިނަ ލުއިތަކެއްވެސް ވަނީ ދީފައެވެ.