ޚަބަރު

ގދ. އަތޮޅު މަދުރަސާގެ ނުނިމި ހުރި މަސައްކަތްތައް އަމިއްލަ ކުންފުންޏަކަށް


ގދ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލު އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް އަމިއްލަ ކުންފުންޏަކާއި ޙަވާލުކޮށްފިއެވެ

މި މަސައްކަތް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ ޑރ. އައިޝަތު ޢަލީއެވެ. އަދި އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަމީން މުޙައްމަދެވެ.

މި އެއްބަސްވުމުގެ ދަށުން ގދ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގައި ނުނިމި ހުރި މަސައްކަތްތައް 300 ދުވަހުގެ ތެރޭގައި ނިންމާ އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރަންޖެހޭނެއެވެ. މި
މަސައްކަތަށް ގާތްގަނޑަކަށް 7.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.