ޚަބަރު

ޔޫ.އޭ.އީއަށް ދިން ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި


ޔުނައިޓެޑް ޢެރަބް އެމިރޭޓްސްގެ އަބޫދާބީއަށް އަމާޒުކޮށް އިއްޔެ ދިން ޑްރޯން ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

އަބޫދާބީއަށް ޑްރޯންތަކެއް ބޭނުންކޮށްގެން އިއްޔެ ދިން ޙަމަލާގައި 3 މީހަކު މަރުވެ، އިތުރު މީހުން ވަނީ ޒަޚަމްވެފައިވެއެވެ.

މި ޙަމަލާ ކުށްވެރިިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވިދާޅުވީ އާއްމުންނަށާއި ސިވިލް އިންފްރާސްޓްރަކްޗަރއަށް އަމާޒުކޮށް ދިން ޓެރަރިސްޓް ޙަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފު، އަދި އާއްމުންނާ ދަތުރުވެރިން ނުރައްކަލަށް ހުށަހެޅުނު ފިނޑި އަމަލެއްކަމަށެވެ.

މި ބަޔާނުގައި ޔޫ.އޭ.އީގެ ސަލާމަތަށް ނުރައްކާކުރާ ފަރާތްތަކާއި ދެކޮޅަށް އެގައުމުން ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުން ޔޫ.އޭ.އީ ސަރުކާރާއެކު އޮންނާނެކަން ހާމަކޮށް، އެސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް ޔޫ.އޭ.އީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ދިވެހި ސަރުކާރުން ވަނީ ތައުރީފްކޮށްފައެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައާ ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.