ޚަބަރު

ފާރަ ބޭނުންކޮށްގެން ހިންމަފުށީގައި ޙާއްޞަ އޮޕަރޭޝަނެއް ހިންގައިފި


ފާރަ ބޭނުންކޮށްގެން
ހިއްމަފުށީގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މަސްތުވާ ތަކެއްޗާއެކު 4 ދިވެއްސަކު ހައްޔަރު
ކޮށްފިއެވެ.

މިދިޔަ ހޮނިހިރު
ދުވަހު ހެނދުނު 07:00 ން ފެށިގެން އެދުވަހުގެ ފަހެއްޖަހަންދެން ހިންމަފުށީގައި ހިންގި
މިއޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން 22 ގެއެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މިގެތަށް
ބަލައި ފާސްކޮށް މަސްތުވާ ތަކެތި ކަމަށް ބެލެވޭ 10 ރަބަރު ޕެކެޓާއި، 07 ސެލޯފިން ކޮޅާއި
01 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ބައެއް ސާމާނު ފުލުހުން ހޯދާފައިވެއެވެ.



މި 4 މީހުންގެ ތެރޭގައި ފުލުހަކަށް އަނިޔާ ކުރުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި މަސްތުވާތަކެތީގެ
ރެކޯޑް އޮތް މީހެއްގެ އިތުރުން މަސްތުވާތަކެތީގެ
މައްސަލަތަކުގެ ރެކޯޑް އޮންނަ މީހުން ހިމެނޭ ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.



ހިންމަފުށީގައި މި އޮޕަރޭޝަން
ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި
ހިންމަފުށީ ޕޮލިސްސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ގުޅިގެންނެވެ.



މީގެ ތެރެއިން
2 މީހެއްގެ ބަންދުގެ މުއްދަތަށް 5 ދުވަސް އަދި އަނެއް ދެމީހުންގެ ބަންދުގެ މައްދަތަށް 3 ދުވަސް ކޯޓުންވަނީ އިތުރުކުރައްވާފައެވެ.