ތަރައްްޤީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ވަގުތީ މިސްކިތެއް ބިނާކުރަނީ


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ވަގުތީ މިސްކިތެއް ބިނާކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް އިސްލާމިކް މިނިސްޓްރީން ޙަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ދައުލަތުގެ ބަޖެޓުން 3.1 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގައި އެއްފަހަރާ 600 މީހުންނަށް ނަމާދުުކުރެވޭނެއެވެ. ފިރެހެނުންގެ އިތުރުން އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމުވެސް މި މިސްކިތުން ހަމަޖެހިގެންދާނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފަށާފައިވާއިރު، އެތަނުގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، 450 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ހަމަ މި ކުންފުންޏާ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައިވެސް ވަނީ ޙަވާލުކޮށްފައެވެ. އެ މަޝްރޫޢަކީ ސަރުކާރުން 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.