ކޯވިޑް-19

ކޯވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ


އައްޑޫ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީފގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ)އިން ވިދާޅުވެފައިވަނީ ނިޔަވެފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ ނިޔާވީ ރޭ ދަންވަރު 1:33 ހާއިރުގައި އައްޑޫ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީފފަރުވާދެމުން ދަނިކޮށެވެ.

މިމަރާއެކު މިހާތަނަށް ރާއްޖެއިން 247 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

ކޯވިޑް-19ގައި މިދިޔަމަހު 12 މީހަކު ވަނީ ނިޔާވެފައެވެ. ކޯވިޑްގެ ހާލަތު ގޯސްވެގެން މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މީހުން މި ބަލީގައި ނިޔާވެފައިވަނީ މެއި މަހުގައެވެ. މެއި މަހުގައި 88 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.