ރ. ރަސްމާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް އެމް.ޓީ.ސީ.ސީ ފްލީޓްގެ އެންމެ ބޮޑު އެކްސްކަވޭޓަރު އެރަށަށް ގެންގޮސްފިއެވެ.
ރަސްމާދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް އަވަސްކުރުމަށް އެމް.ޓީ.ސީ.ސީ ފްލީޓްގެ އެންމެ ބޮޑު އެކްސްކަވޭޓަރ މިހާރު ވަނީ ހާރޑް-ސްޓްރޭޓާ ޑިމޮލިޝަންގެ މަސައްކަތަށް އެރަށަށް ފޮނުވާފައެވެ.
We have deployed the largest excavator of our fleet to R. Rasmaadhoo harbour basin for hard-strata demolition.#MTCCProjects #RayyithungeKunfuni pic.twitter.com/ZqhMXIEhEP
— MTCC Plc (@MTCCPlc) November 7, 2021
ރަސްމާދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 28.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
އޮޅޭ
ކޮންނަ އުޅަނދު ކިޔަންވީނުން. ބޯޓޭ ކީމަ އޮޅޭ ގޮތްވޭ..