ޚަބަރު

ސ.މީދޫ އިސްމެޖިސްޓްރޭޓާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމައިފި


ސ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބާއި މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

އިސްމެޖިސްޓްރޭޓް ޠައްޔިބާމެދު ފިޔަވަޅު އަޅަން ނިންމާފައިވަނީ އޭނާ ބެއްލެވި މައްސަލައެއްގައި، މައްސަލަ ރައްދުވާ ފަރާތް "ގޭގައި" ބަންދުކޮށްފައި ބެހެއްޓުމަށް ނެރެފައިވާ އަމުރަކީ، އިޖުރާޢަތާ ޚިލާފަށް ނެރެފައިވާ އަމުރެއްކަން ތަޙްޤީޤު ކޮމިޓީއަށް ސާބިތުވެފައިވާކަމަށެވެ.

އިސްމެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބުގެ މިޢަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި، ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން ނަޞޭޙަތްދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޖޭއެސްސީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްވެސް އޭނާއަށް ވަނީ އަންގާފައެވެ.