ތަޢުލީމު

ވިލާ ކޮލެޖުން 10 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި


ވިލާ ކޮލެޖުން ހިލޭ ކިޔެވޭ 10 ސްކޮލަޝިޕްގެ ފުރުސަތު އެކޮލެޖުން ހުޅުވާލައިފިއެވެ.ވިލާ ކޮލެޖުގައި ބޭއްްވި ރަސްމިއްޔާތެއްގައި ވިލާ ކޮލެޖްގެ ސްކޮލަޝިޕް ސްކީމް އިފްތާތާޙުކޮށްދެއްްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރެވެ.ވިލާ ކޮލެޖުން ހުޅާވާލި 10 ސްކޮލަޝިޕް ދިނުމަށް ހަމަޖެހިފައިވަނީ 4 ދާއިރާއަކުންނެވެ. އޭގެ ތެރޭގައި ހިމެނޭނީ ވިލާ ކޮލެޖު ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕްގެ ގޮތުގައި ތިން ސްކޮލަރޝިޕް، ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕްގެ ގޮތުގައި ތިން ސްކޮލަޝިޕް، ވިލާ ކޮލެޖު ނުވަތަ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ސްކޮލަޝިޕް ގެ ގޮތުގައި ދެ ސްކޮލަޝިޕް އަދި ވިލާ ކޮލެޖު އެލަމްނައި ސްކޮލަޝިޕްގެ ގޮތުގައި ދެ ސްކޮލަޝިޕެވެ.ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިލާ ކޮލެޖުގެ ރެކްޓަރ ޑރ.އަޙުމަދު އަންވަރު ވިދާޅުވީ، މިއީ ވިލާ ކޮލެޖުގެ އިޖުތިމާއީ ޒިންމާގެ ދަށުން ދަރިވަރުންނަށް ހިލޭ މަތީ ތައުލީމް ޙާސިލްކުރުމަށް ދެވުނު ފުރުސަތެއް ކަމަށެވެ. އަދި ސްކޮލަޝިޕް ދިނުމުގައި އިސްކަންދޭނީ އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ދަރިވަރުންނަށް ކަމަށް ޑރ އަންވަރު ވިދާޅުވިއެވެ.ވިލާ ކޮލެޖުގެ ރެކްޓަރ ވިދާޅުވީ، ވިލާ ކޮލެޖުގައި މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންނާއި ވިލާ ކޮލެޖުގެ އަތޮޅު ތެރޭ ކެމްޕަސް އަދި ލާރނިންގ ސެންޓަރުތަކުގައި ތިބި ދަރިވަރުންނަށްވެސް މި ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނެ ކަމަށެވެ.ވިލާ ކޮލެޖުން އިއުލާންކޮށްފައިވާ 10 ސްކޮލަޝިޕަށް އެދުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.