ޚަބަރު

ކުރީގެ ލަވަކިޔުންތެރިޔާ ޝަހުބާން ކުއްލި ގޮތަކަށް ނިޔާވެއްޖެ


ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މުހައްމަދު ޝަހުބާން ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

އުމުރުން 53 އަހަރުގެ ޝަހުބާންގެ މަރާއި ގުޅިގެން އާއިލާގެ ފަރާތުން މައުލޫމާތު ދެއްވި މެމްބަރު ވިދާޅުވީ، ޝަހުބާން ނިޔާވިކަން އެނގުނީ ފާހަނާގައި ގިނައިރުތަކެއް ވުމުން، ދޮރުގައި ތަޅާ ތަޅާ ދޮރު ނުހުޅުވުމުން، ފުލުހުންނަށް ގުޅައިގެން ފުލުހުން އައިސް ދޮރޮހުޅުވިރު ޝަހުބާން އޮތީ ފާހަނަތެރެއަށް ވެއްޓިފައިކަމަށެވެ.

އޭރުވެސް ފެން އިސްކުރު ހުރީ ދޫކޮށްފައިކަމަށާއި، ފުލުހުން ޝަހުބާން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައިކަމަށް އޭނާ ވިދާޅުވިއެވެ. ޝަހުބާން ނިޔާވީ ހާޓްއެޓެކެއް ޖެހިގެންކަމަށް ފުލުހުންގެ ފޮރެންސިކް ރިޕޯޓްތަކުން އެނގޭކަމަށް އާއިލާއިން މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

ޝަހުބާން ނިޔާވިއިރު ދުނިޔޭގައި ދެ ފިރިހެން ބޭފުޅުން އެބަތިއްބެވިއެވެ. ޝަހުބާންގެ ކަށު ނަމާދު އޮތީ މިއަދު މެންދުރު 12:00 ޖަހާއިރު އާސަހަރާ މިސްކިތުގައެވެ.

ޝަހުބާންއަކީ މަޝްހޫރު ބޮޑުއަކުރު ލިއުންތެރިޔާ ތަބައްގޭ އަލީ ފަހުމީ (ތަބަށް އަލިފުޅަށް) ކާފަ ކިޔާ ބޭފުޅެކެވެ.

ސްކޫލު ލަވަ މުބާރާތުގައިވެސް ވަރަށް ބޮޑަށް ފާހަގަވި ޝަހުބާންއަކީ އެތައް ކުދިންނަށް އުގަންނައި ދިނުމުގައިވެސް ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. އޭނާއަކީ މަޝްހޫރު ގިނަ ލަވަތަކެއްވެސް ވިދާޅުވެފައިވާ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި ފަންނަނާނެކެވެ.

ލަވަކިއުން ހުއްޓައިލުމަށްފަހު ޝަހުބާން ފަހުން ހަރަކާތްތެރިވެފައި ވަނީ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ މިއުޒިކް ގްރޫޕުގެ ޓެކްނިކަލް މީހެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައެވެ.