ދުނިޔެ

ޓައިމް ޕާރސަން އޮފް ދަ އިޔަރ އަށް ޖަރުމަނު ޗާންސެލަރ މާރކެލް


އެމެރިކާގެ ޓައިމް ނޫސް މަޖައްލާއިން ކޮންމެ އަހަރަކު ހޮވާ އަހަރުގެ އެންމެ މަޤްބޫލު ޝަހްސިއްޔަތު، 'ޕަރސަން އޮފް ދަ އިޔަރ' އަށް މިއަހަރު ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލަރ މާރކެލް ހޮވިވަޑައިގެންފިއެވެ.ޓައިމް ނޫސް މަޖައްލާގެ ޑެޕިއުޓީ މެނެޖިންގް އެޑިޓަރ ރާދިކާ ޖޯންސް ވިދާޅުވީ، މާރކެލްއަށް މި ޝަރަފު ލިބިވަޑައިގެންފައިވަނީ މިއަހަރުގެ ތެރޭގައި އެކަމަނާ ސަރަހައްދީ އެކި އެކި މައްސަލަތަކާ ބައިނަލްއަޤްވާމީ މައްސަލަތަކުގައި އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. މި ގޮތުން ވިލާތުގެ ދަރަނީގެ މައްސަލައިގެ އިތުރުން ވިލާތުގެ ގައުމުތަކަށް މިއަހަރު އާދިޔާ ޚިލާފަށް ރެފިއުޖީން ވަދެފައިވާތީ އެކަމުގައި މާރކެލްގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ގިނަ ބައެއްގެ ތަޢުރީފުވަނީ ލިބިފައެވެ.މިއަހަރުގެ ޓައިމްގެ ޕާރސަން އޮފް ދަ އިޔަރ އަށް ދެން ވާދަ ކުރެއްވި ބޭފުޅުންގެ ތެރޭގައި އީރާނުގެ ރައީސް ހަސަން ރޫޙާނީއާ، ރަޝިޔާގެ ރައީސް ވްލަޑްމީރު ޕޫޓިންގެ އިތުރުން، އައި.އެސް ޖަމާޢަތުގެ އިސްވެރިޔާ ޢަބޫ ބަކުރު ޢަލް ބަޣްދާދީ ހިމެނެއެވެ.