ޚަބަރު

ފެނަކަ ރ.މީދޫ ބްރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފި


ފެނަކަ ރ. މީދޫ ބްރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މިހާރު ބޭނުންކުރަމުންދާ އޮފީސް އިމާރާތުގެ ޖާގަކުޑަވެ، މަސައްކަތް ކުރުމަށް ދަތިތަކެއްހުރުމުން އެކަމަށް ހައްލު ގެނައުމަށް ސަރުކާރުން އާޅަ މި އިމާރާތުގެ ބިންގާ އަޅައިދިނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައީދު އެވެ.

މިއޮފީސް އިމާރާތުގައި 40 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގައާއި މީޓިންގ ރޫމަކާއި، ލޮބީ އޭރިއާއެއްގެ އިތުރުން މެނޭޖަރ ރޫމް، ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށެވެ.

މިކަމަށްޓަކައި އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޙްމަދު ސައީދު ވިދާޅުވީ، ހައްލު ކުރާނީ އޮފީސް އިމާރާތުގެ ޖާގައިގެ ދަތިކަން އެކަނި ނޫންކަމަށާއި، ކަރަންޓްގެ ހާލަތުވެސް ރަނގަޅު ކުރާނެކަމަށެވެ. އެގޮތުން މިއަހަރު ތެރޭގައި އެރަށުގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކޮށް 800 ކިލޯވޯޓްގެ ޖަނަރޭޓަރ ސެޓެއް ގެނައުމަށް ހަމަޖެހިފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައީދު ވިދާޅުވިއެވެ.

ދެހާހެއްހާ މީހުން ދިރިއުޅޭ ރ.މީދޫގެ 520 ގޭބިސީ އާއި އޮފީސް ތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް މިހާރު ބޭނުން ކުރަނީ 300، 520، 640 ކިލޯވޯޓްގެ ތިން ޖަނަރޭޓަވެ.