ދުނިޔެ

ހިމްސްއިން ހަނގުރާމަވެރިން ފައިބަން ތައްޔާރުވަނީ


ސޫރިޔާގައި ހަނގުރާމަކުރަމުންދާ އެގައުމުގެ
ސިފައިންނާ އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން،
ސޫރިޔާގެ ހިމްސްގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރިންގެ ދެ ހާހެއްހާ މީހުން
އެރަށުން ފައިބާނެ ކަމަށް ހިމްސްގެ ގަވަރުނަރު ވިދާޅުވެއްޖެއެވެ.



ރޮއިޓަރސްއަށް ދެއްވި ބަސްދީގަތުމެއްގައި ހިމްސްގެ
ގަވަރުނަރު ތަލާލް ޢަލް ބަރާޒީ ވިދާޅުވީ، މީގެ
ތެރެއިން 300 މީހުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ހިމްސްއިން ފައިބާނެ
ކަމަށާ މިކަމަށް އިތުރު ދުވަސް ނެގުމަކީ ވެސް އެކަށިގެންވާ ކަމެއް ކަމަށެވެ.



ބަރާޒީ ވިދާޅުވީ، ހަނގުރާމަވެރިންނާއެކު އިސްވެ
އެއްބަސްވުން ޤާއިމުކުރީ ސޫރިޔާގެ ސަރުކާރުން ކަމަށާ ބައިނަލްއަޤްވާމީ މައިދާނުން
ލިބުނު އެހީގެ ސަބަބުން އެއްބަސްވުން ޤާއިމުކުރުމަށް ފަސޭހަ ވި ކަމަށެވެ. ސޫރިޔާގެ
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، ހިމްސްގައި ހަރަކާތްތެރިވަމުން ދިޔަ އިދިކޮޅު
ފަރާތްތަކާ އެކު އެއްބަސްވުމެއް ޤާއިމުކުރީ މިމަހުގެ އެއް ވަނަ ދުވަހު ކަމަށާ
މިއެއްބަސްވުމުގެ ދަށުން ހަތިޔާރާއެކު ހިމްސްއިން ފޭބުމަށް އެއްބަސްވެފައިވާ
ކަމަށެވެ.