ޚަބަރު

އިތުރު 123 މީހަކު ޕޮޒިޓިވްވެ، 117 މީހުން ބަލިން ރަނގަޅުވި


ރާއްޖެއިން އިތުރު 123 މީހުން ކޯވިޑް އަށް ޕޮޒިޓިވްވެ 117 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް ޖެހުނު ޖުމުލަ މީހުންގެ އަދަދު 77432 މީހަކު ވަނީ ބަލިޖެހިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން ހޮނިހރު ދުވަހު އިރުއޮއްސި 6:00 އާ ހަމަޔަށް ޕޮޒިޓިވްވި 123 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 21 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވީ 82 މީހުން ހިމެނެއެވެ. މީގެ އިތުރުން ރިސޯޓުތަކުން 20 މީހަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 77،432 އަށް އަރާފައެވެ.

އަލަށް ޕޮޒިޓިވްވީ މީހުންނާއެކު މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވަނީ 2،601 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ބަލިން ރަނގަޅުވި 117 މީހުންނާއެކު ޖުމުލަ 74598 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި ކޯވިޑްގެ ޙާލަތު ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5024 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.