ޚަބަރު

ހޮނިހިރު ދުވަހު ކޯވިޑް ވެކްސިން ފުރިހަމަކުރީ 959 މީހުން


ހޮނިހިރު ދުވަހު އިތުރު 959 މީހުން ކޯވިޑްގެ ވެކްސިންގެ 2ވަނަ ޑޯޒް ޖެހުމާއެކު، ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 187،736އަށް އިތުރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާޢްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ހޮނިހިރު ދުވަހު މާލެ ސަރަޙައްދުގައި ވެކްސިންގެ 2ޑޯޒް ފުރިހަމަކުރީ 334 މީހުންނެވެ. އަދި އަތޮޅުތަކުން ވެކްސިން ފުރުހަމަ ކުރި 625 މީހުންނާއެކު ޖުމުލަ 187،736 މީހަކު ވަނީ ވެކްސިން ފުރުހިމަ ކޮށްފައެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު ޖުމުލަ 192 މީހުން ވަނީ ވެކްސިންގެ ފުރުތަމަ ޑޯޒް ޖަހާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެސަރަހައްދުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 112 މީހުންނާއި އަތޮޅުތަކުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 80 މީހުންނެވެ. މިއާއެކު ރާއްޖެއިން 316،261 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި 2ވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.