ޚަބަރު

ކޯވިޑް ބަލީގައި މިއަދު މިހާތަނަށް 2 މަރު!


ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19އަށް ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެ، މި ބަލީގަ މިއަދު ނިޔާވި މީހުންގެ އަދަދު 2 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 94 އަހަރުގެ ފިރިހެނަކާއި 77 އަހަރުގެ ފިރިހެނެއް ނިޔާވެފައިވާކަމަށެވެ.

ކޯވިޑް ޖެހިގެން މިއަދު ނިޔާވި 2 މީހުންނާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 191 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ ހިމެނެނީ 174 ދިވެހިންނާއި 17 ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ ތެރެއިން މިހާތަނަށް އެންމެ ޢުމުރުން ދުވަސްވީ މީހަކަށް ނިޔާވީ 100 އަހަރުގެ މީހެކެވެ. އަދި އެންމެ ހަގު ޢުމުރުގެ ކުއްޖަކަށް ނިޔާވެފައިވަނީ 10 އަހަރުގެ ކުއްޖެކެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން ރާއްޖޭގެ ޙާލަތު އެންމެ ބޮޑަށް ގޯސްވެގެންދިޔައީ ނިމުނު މެއިމަހުގެ ތެރޭގައެވެ. އެގޮތުން މިދިޔަ މެއިމަހު 88 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ.