ޚަބަރު

ކޯވިޑް-19 : މިއަދު 704 މީހުން ޕޮޒިޓިވް


ކޯވިޑް-19އަށް ރާއްޖެއިން އަލަށް 704 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑް 19 ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 65،868 އަށް އަރާފައެވެ.

ކޯވިޑް-19އާއި ގުޅޭގޮތުން އެޗްޕީއޭއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަންގާރަ ދުވަހުގެ އިރުއޮއްސި 6އިން ފެށިގެން ބުދަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާ ހަމައަށް 704 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 407 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވެފައިވާ 271 މީހަކާއި އަލަށް ހަދަމުން އަންނަ ރަށްރަށުން ޕޮޒިޓިވްވި 8 މީހުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއާއެކު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 65،868 އަށް އަރާފައެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އިތުރުވެ މިވަގުތު 23،909 މީހަކު އަންނަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. މީގެ ތެރޭގައި 197 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ހޯދަމުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން ކޯވިޑްއަށް ޓެސްޓްކުރުމަށްޓަކައި 5،181 ސާމްޕަލްއެއް ވަނީ ނަގާފައެވެ.

މިބަލިން ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި ރަނގަޅުވި 828 މީހުންނާއެކު ބަލިން އެއްކޮށް ރަނގަޅުވީ މީހުންގެ ޢަދަދުވަނީ 41،779އަށް އަރާފައެވެ.

ޖޫން މަސް ފެށިގެން އައިރު ކޯވިޑް ޖެހިގެން ގިނަ އަދަދެއްގެ މީހުން ވަނީ ނިޔާވެފައެވެ. އެގޮތުން މިހާތަނަށް 171 މީހަކު ވަނީ ނިޔާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 155 ދިވެހިންނާއި 16 ބިދޭސީންނެވެ.