ޚަބަރު

އޭދަފުށި ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ


ބ.އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައި ހުންނަ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

އެހޮސްޕިޓަލުން ބުނީ މިއަދު ހެނދުނު 4:40 ގައި ނިޔާވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއީ އޭދަފުށީ ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މަރުވި ފުރަތަމަ މީހާއެވެ.

މީގެ ކުރިންވެސް ބ.އަތޮޅުން ތިން މީހަކުވަނީ މި ބައްޔަށް ޕޮޒިޓިވްވެގެން ނިޔާވެފައެވެ. އެ 3 މީހުން ކޯވިޑް މަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ނިޔާވުމާއި ގުޅިގެން ހެދި ސާމްޕަލް ޓެސްޓު ޕޮޒިޓިވްވުމުންނެވެ.

މިބަލީގައި މިހާތަނަށް ރާއްޖެއިން 162 މީހަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 146 ދިވެހިންނާއި 16 ބިދޭސީންނެނެވެ.