ކޯވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު ނިޔަވެއްޖެއެވެ. މިއީ މިއަދު ނިޔާވި 2ވަނަ މީހާއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިއަދު އޭޑީކޭ ހޮސްޕިޓަލްގެ އެމަރޖެންސީ ރޫމަށް ގެންދިޔަ މީހަކު މިރޭ އިރުއޮއްސި 6:52 ހާއިރު ނިޔާވެފައި ވާކަމަށެވެ، އަދި މިއީ ކޯވިޑް މަރެއްގެ ގޮތުގައި އެޗްޕީއޭއިން ވިދާޅުވެއެވެ. މިއާއެކު ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދުވަނީ 114އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 99 ދިވެހިންނާއި 15 ބިދޭސީންނެވެ.
Today evening a 62-year-old Maldivian male brought to ADK/ER was declared dead at 06:52 pm
— Health Protection Agency (@HPA_MV) May 20, 2021
This is the 114th COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven
މިމީހާއާއެކު މިމަސް ވެފައިވަނީ ކޯވިޑް ބަލީގައި އެއް މަހެއްގެ ތެރޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ނިޔާވި މަހަށެވެ. މިހާތަނަށް މިމަހުވަނީ 41 މީހަކު ނިޔާވެފައެވެ. ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިބަލިން ރައްކާތެރިވުމަށް ބޭނުންކުރަމުން އަންނަ ދިފާޢު ވެކްސިން ފުރިހަމަނުކޮށް ތިބި މީހުން ގިނަކަމަށް އެޗްއީއޯސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ކޯވިޑްގެ ނުރައްކާ ރާއްޖޭގައި ބޮޑުވަމުން އަންނައިރު މިބަލީގައި މާލެއާއި އަތޮޅުތެރެއިންވެސް މީހުން އަންނަނީ މަރުވަމުންނެވެ. އަދި ބަލީގެ ނުރައްކާ ބޮޑުވެ 66 ރަށެއް މިވަގުތުވެސް އޮތީ އަރާފޭބުން މަނާކޮށްފައެވެ. އަދި އެތައް ރަށެއްގައި ކާފިއު އިއުލާންކޮށް ބޭރަށް ނިކުތުން މަނާގަޑިތަކެއްވަނީ ކަނޑައަޅާފައެވެ.