ވިޔަފާރި

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4 ލައްކައަށްވުރެ މައްޗަށް


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ވަނީ 401361 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ 2020 ވަނަ އަހަރާއި އަޅާބަލާއިރު 4.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2019 ވަނަ އަހަރާއި އަޅާބަލާއިރު 39.5 އިންސައްތަ ދަށް އަދަދެެެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް އައިސްފައިވަނީ 92103 ފަތުރުވެރިންނެވެ. ފެބްރުއަރީމަހު ރާއްޖެއަށް 96882 ފަތުރުވެރިންނެވެ. އަދި މަރޗުމަހު ރާއްޖެއަށް 109585 ފަތުރުވެރިން އައިސްފައިވާއިރު ނިމުނު އޭޕްރީލްމަހު ރާއްޖެއަށް އައިސްފައިވަނީ 91200 ފަތުރުވެރިންނެވެ. އަދި މިމަހުގެ ފުރަތަމަ 4 ދުވަސްތެެރޭ ރާއްޖެއަށް ވަނީ 11591 ފަތުރުވެރިން އައިސްފައެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 22.5 ފަތުރުވެރިންނަކީ ރަޝިއާ ފަތުރުވެރިންނެވެ. ރާއްޖެއަށް ކުރިން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުންދިޔަ އިންޑިއާ މިހާރުވަނީ 2 ވަނައަށް ޖެހިލާފައެވެ. މިހާރު އިންޑިއާގެ ހިއްސާއަކީ 21.8 އިންސައްތައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 3 ވަނައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޔޫކްރެއިންއިންނެވެ. 4 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަކަށް ޖަރުމަންވިލާތް ވެފައިވާއިރު 5 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުުރުވެރިން ރާއްޖެއަށް އަންނަނީ ކަޒަކިސްތާނުންނެވެ.

މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް ތިންހާހަށްވުރެ ގިނަ ފަތުރުވެރިން އަންނައިރު، ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.