ޚަބަރު

2016 ބަޖެޓް: އިޖްތިމާޢީ ރައްކާތެރިކަމަށް 3.3 ބިލިއަން ރުފިޔާ


އަންނަ އަހަރަށް
ދައުލަތުން ލަފާކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓްގައި
އިޖްތިމާޢީ ރައްކާތެރިކަމަށް ތިނެއް ޕޮއިންޓް ތިނެއް ބިލިއަން ރުފިޔާ
ހިމަނުއްވައިފައިވާކަމަށް ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. 



ބަޖެޓް މަޖިލިހަށް
ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ވިދާޅުވީ ޞިއްޙީ
ދުޅަހެޔޮކަމަށްޓަކައި ހުސްނުވާ އާސަންދަ އާއި އެންސްޕާއިން ދޭ އެހީ އަންނަ
އަހަރުވެސް ކުރިއަށް ގެންދަވާނެކަމަށެވެ. އަދި ކަރަންޓްގެ ޚިދުމަތާއި ކާޑުގެ
ބާވަތްތަކުގެ އަގަށް ދެއްވާ ލުއިކަން ދެމިއޮންނާނެކަމަށާއި ދަތުރުފަތުރުގެ
ހެޔޮއަގާއި މަސްވެރިންނާއި ދަނޑުވެރިންނަށް ދެވޭ އެހީ
ދެމެހެއްޓޭނެކަމަށެވެ. 

މިނިސްޓަރ ވިދާޅުވީ ޢުމުރުން ދުވަސްވީ އިސްރަށްވެހިންނަށް ދެވޭ
ޚާއްޞަ ޢިނާޔަތްތަކާއި އެކަނިވެރި މައިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ
ފަރާތްތަކަށް ދައުލަތުން ދެއްވާ އެހީވެސް ލިބެމުންދާނެކަމަށެވެ. 



އަންނަ އަހަރަށް
ލަފާކުރައްވާ ބަޖެޓްގައި ޕެންޝަނާއި މުސްކުޅިކުރައްވާ މުވައްޒަފުންނަށާއި ވަކި
ޚިދުމަތަކަށް ނޫން ގޮތުން ދެވޭ ފައިސާއަށް ސަތާރަސަތޭކަ ނުދިހަ ތިނެއް ޕޮއިންޓް
ހަތެއް މިލިޔަން ރުފިޔާ ހިމަނުއްވައިފައިވެއެވެ. 

އެއީ ޕެންޝަންގެ ފައިސާގެ ގޮތުގައި
ފަސްސަތޭކަ ފަސްދޮޅަށް ނުވައެއް ޕޮއިންޓް ހަތެއް މިލިޔަން ރުފިޔާ
ހިމަނުއްވައިފައިވޭ. ދައުލަތުން ވަކި ޚިދުމަތަކަށް ނޫންގޮތަށް ދެވޭ ފައިސާގެ
ގޮތުގައި ހަސަތޭކަ މިޔަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅުއްވައިފައިވެއެވެ. 

ވަޒީފާއިން
މުސްކުޅި ކުރައްވާ ފަރާތްތަކަށް ދެއްވާ ޢިނާޔަތުގެ ގޮތުގައި ދުއިސައްތަ އަށް
މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިމަނުއްފައިވޭ.ކަރަންޓް އަގުހެޔޮކުރެއްވުމުގެ ގޮތުން
ދެވޭ ފައިސާގެ ގޮތުގައި ހަތަރސަތޭކަ މިލިޔަން ރުފިޔާ ހިމަނުއްވައިފައިވެއެވެ. މިއީ ސޯޝަލް ވެލްފެއަރ ކަންތަކަށް ލަފާކޮށް ބަޖެޓްގައި
ހިމަނާފައިވާ ޢަދަދުގެ އެކެއް ޕޮއިންޓް ފަހެއް އިންސައްތައެވެ. އަދި ފެން އަގު
ހެޔޮކުރުމުގެ ގޮތުން ދެއްވާ ފައިސާގެ ގޮތުގައި 48 މިލިއަން ރުފިޔާ
ހުށަހަޅާފައިވާއިރު ކާބޯތަކެތި އަގުހެޔޮކުރެއްވުމުގެ ގޮތުން ދެވޭ ފައިސާގެ
ގޮތުގައި ސަތޭކަ އަށްޑިހަ ތިން މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނުއްވައިފައިވެއެވެ. 

އެކަނިވެރިމައިން
ނުވަތަ ބަފައިންނަށް ދެވޭ ޢިނާޔަތުގެ ގޮތުގައި ހަތްދިހަ އަށެއް ޕޮއިންޓް ހަތަރެއް
މިލިއަން ރުފިޔާ ހިމަނާފައިވެއެެވެ. ރާއްޖޭން ބޭރުން ކުރާ ބޭސް ފަރުވާއަށް ދެވޭ
އެހީއަށް ތިރީސް ހައެއް ޕޮއިންޓް ހައެއް މިލިއަން ރުފިޔާ އަންނަ އަހަރަށް
ދައުލަތުން ލަފާކުރައްވާ ބަޖެޓްގައި ހިމެނެއެވެ. ޞިއްޙީ އިންޝުއަރެންސްގެ އަގަށް
ދައްކާ ފައިސާގެ ގޮތުގައި ބަޖެޓްގައި ހިމަނާފައިވަނީ ހިމަނުއްވައިފައިވަނީ
ހަތްސަތޭކަ އަށްޑިޔަ މިލިޔަން ރުފިޔާ.އަންނަ އަހަރަށް ދައުލަތުން ލަފާކުރައްވާ
ބަޖެޓްގައި މަސްވެރިންނަށް ދެވޭ ސަބްސިޑީގެ ގޮތުގައި ދެ މިލިއަން ރުފިޔާ އަދި
ދަނޑުވެރިންނަށް ސަބްސިޑީ ދިނުމަށް ސާޅީސް މިލިއަން ރުފިޔާ ވަނީ ހިމަނުއްވާފައެވެ.