ޚަބަރު

މިމަހުގެ އެކެއްގެ ފަހުން އޭދަފުށިން ފޭބި މީހުން ކަރަންޓީނުވޭ


އޭދަފުށީގައި އުޅުމަށްފަހު މިމަހުގެ 1 ވަނަދުވަހުގެ ފަހުން އެރަށުން ފޭބި އެންމެން އެމީހަކު ހުރި ތަނެއްގައި ކަރަންޓީނުވުމަށް އަންގައިފިއެވެ.

އޭދަފުށިން ކޯވިޑް ކޭސްތައް ފެންނަން ފަށާފައި މިވަނީ މިމަހުގެ 19 ވަނަދުވަހު އެރަށު ފްލޫ ކްލިނިކަށް ދެއްކި އަންހެނަކު އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނު ހިސާބުންނެވެ. އޭގެ ފަހުން މުޖުތަމައުގެ ތެރޭގައި މި ބަލި ފެތުރި މިހާތަނަށް އެރަށުން 37 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

އޭދަފުށިން ކޯވިޑް ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވަމުން އަންނާތީ، އެރަށުގައި އުޅުމަށްފަހު މިމަހުގެ 1 ވަނަދުވަހުގެ ފަހުން އެރަށުން ފުރައިގެން އެހެން ރަށްރަށަށް ދިޔަ މީހުން އެމީހަކު ހުރި ތަނެއްގައި އަމިއްލައަށް ކަރަންޓީނުވުމަށް ބ. އަތޮޅު ހޮސްޕިޓަލުން ވަނީ އަންގާފައެވެ. އެމީހަކު ހުރި ރަށެއްގެ ހޮސްޕިޓަލަކަށް ނުވަތަ ސިއްހީ މަރުކަޒަކަށް ވީ ހާއަވަހަކަށް އެކަން އެންގުމަށްވެސް ބ. އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކުރައްވައެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

މިމަހުގެ 1 ވަނަދުވަހުގެ ފަހުން އޭދަފުށިން މާލެ ދިޔަ މީހުންވެސް ފްލޫ ކްލިނިކްތަކަށް އަންގާ ސާމްޕަލް ނެގުމަށްވެސް ބ. އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކުރައްވައެވެ. އަދި ނަތިޖާ ނެގެޓިވްވި ނަމަވެސް އޭދަފުށިން މާލެ ދިޔަ މީހަކު ނަމަ 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ފުރިހަމަކޮށް އަލުން ޓެސްޓު ހަދާ ނަތީޖާ ލިބެންދެން މަޑުކުރުމަށްވެސް އެ ހޮސްޕިޓަލުން ވަނީ އަންގަވާފައެވެ.

އޭދަފުށީގައި މިބަލި ފެތުރެން ދިމާވި ސަބަބަބެއް އަދި ދެނެގަނެވިފައި ނުވާކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ. ބަލިން ރައްކާތެރިވުމަށް އެރަށުގައި މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ނިޝް

ދެން ކޮބަާ އއޢޭދަފުށިން ރަށްތަކަށް ވޯޓު ހޯދަން ދުއއއވި މީހުން. ޢެމީހުން ޓެސްޓުކޮށްފަ ޕޮޒިޓިވް މީހަކު ހުރިޔާ ދިޔަ ރަށްރަށަށް އަންގާ.