ތަފާތު ބޮޑު ނަތީޖާއަކާއެކު މާލޭ މޭޔަރުކަން ޑރ. މުޙައްމަދު މުޢިއްޒު ކަށަވަރުކޮށްފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ވާދަވެރި ގޮޑިއެއްގެ ގޮތުގައި ފާހަގަކުރެވުނު މާލޭ މޭޔަރުގެ ގޮނޑި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޢިއްޒު ކާމިޔާބުކުރެއްވީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑިޕީގެ އަނަސް އަބްދުއްޞައްތާރާ ވާދަކޮށް ބޮޑު ތަފާތަކުންނެވެ.
އަނަސްގެ އިތުރުން މާލޭ މޭޔަރުކަމަށް ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީވެސް ވާދަކުރެއްވިއެވެ.
މާލޭ މޭޔަރުކަން ޑރ. މުއިއްޒު ޚާމިޔާބުކުރެއްވުމާއެކު މިފަހަރު ވެގެންމިދިޔައީ މާލޭގެ މޭޔަރުކަން އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކުން ކާމިޔާބުކުރި ފުރަތަމަ ފަހަރަށެވެ.
މާލޭ މޭޔަރުގެ ގޮނޑީގެ އިތުރުން ސިޓީ ކައުންސިލްގައި ހިމެނޭ މާލޭގެ ގިނަ ދާއިރާތަކުގެ ގޮނޑި ކާމިޔާބުކުރީވެސް އިދިކޮޅު ޕީޕީއެމުންނެވެ.