ކުޅިވަރު

ޤައުމީ ބާސްކެޓް ޓީމްގެ ފަރިތަކުރުންތަށް މިމަހުގެ 15 ގައި ފަށަނީ


ޤައުމީ
ބާސްކެޓް ބޯޅަ ޓީމްގެ ފަރިތަކުރުންތައް އަންނަ އާދިއްތަ ދުވަހު ފަށާނެކަމަށް ބާސްކެޓް
ބޯލް އެސޯސިއޭޝަނުން ބުނެފިއެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަނުން ބުނީ، ޤައުމީ ޓީމްގެ ޕްރެކްޓިސް މިފަށަނީ މިއަންނަ އަހަރުގެ
ފެބްރުއަރީގައި އޮންނަ ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުންކަމަށެވެ. މިއަންނަ އާދިއްތަ ދުވަހު ޤައުމީ ބާސްކެޓް ޓީމްގެ ޕްރެކްޓިސްތައް ފަށާއިރު،
މިހާރުވަނީ ތިރީސް ފަސް ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާފައެވެ. ޤައުމީ ބާސްކެޓް ޓީމްގެ ކޯޗަކީ، އަހުމަދު ފަޔާޒްއެވެ. އަދި އެސިސްޓެންޓް ކޯޗަކީ، މުހައްމަދު ވަހީދުއެވެ. ޓީމްގެ މެނޭޖަރަކަށް
ހަމަޖައްސާފައިވަނީ، އާތިފް
އަލީއެވެ.



މިހާރު އެކުލަވާލާފައިވާ ސްކޮޑްގައި ހިމެނޭ 35 ކުޅުންތެރިން:


ޓީރެކްސް:



އަހުމަދު ޒަބީރު، އިބްރާހިމް ރަޝްވާން، ޒަކަރިއްޔާ
އަބްދުއްލަތީފް، އިސްމާއިލް ވިލްދާން، އިލްޔާސް އިބްރާހިމް، އަހުމަދު އައުޝަން،
އަހުމަދު ހުޝާމް.



ރެޑްލައިން:



މުހައްމަދު ޒިލާލް، އަހުމަދު ފިރުޝާން، ހުސެއިން ހަލީމް،
އަހުމަދު އަފްސަން، އަލީ ފަޒްލީ، މުހައްމަދު ސަމޫހް، އަހުމަދު ނަޖީލް.
ހަރިކޭން:



އަހުމަދު އަލީ މުސްތަފާ، އަހުމަދު އިފްސާހް، މުހައްމަދު
އިވާން ޒާހިރު، އިމްރާން އަހުމަދު، މުހައްމަދު ޚުވައިލިދު، އިބްރާހިމް އަންފާލް،
މުހައްމަދު އަހުމަދު ސަމީރު، އަބްދުﷲ އަފްލާހް ޝަރީފު، އަހުމަދު އަދުހަމް.
ދިވެހި ސިފައިންގެ ކްލަބް:



އަހުމަދު ނަސީރު، ހުސެއިން ސިނާން، ހަސީން މުހައްމަދު
ޔޫއެން ފްރެންޑްސް:



އަބްދުﷲ އަމްޒަރު، މުހައްމަދު ހަސަން، ހަސަން ޝަހްނޫން، އިބްރާހިމް
ނަސީމް
ސްޓިންޖާސް:



 ރިޝްފާން ރަޝީދު.



 ދަ ބައުސް:





 އަބްދުﷲ ފިރުނާޝް