ޚަބަރު

އޭދަފުށިން އިތުރު 2 މީހަކު ޕޮޒިޓިވް، ޖުމްލަ އަދަދު 3 އަށް


ބ.އޭދަފުށީގައި ހޯމްކަރަންޓީންގައި ތިބި ދެމީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. މިދެމީހުން ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީންގެ 10 ދުވަސް ފުރިހަމަ ކުރުމަށްފަހު ހެދި ސާމްޕަލް ޓެސްޓުންނެވެ. އެނގިފައިވާގޮތުގައި އެރަށުން ޕޮޒިޓިވްވި ދެމީހުން ކަރަންޓީންގައި ތިބީ އެއް ގެއެއްގައެވެ. މިދެ ފިރިހެނުންނަކީ ރިސޯޓްއަކުން ކަރަންޓީންނަށް އައި ދެމީހުންކަމަށް މައުލޫމާތުލިބެއެވެ.

ހޯމްކަރަންޓީނުގައި ތިބެ 10 ދުވަހުގެ މުއްދަތު ހަމަވި 7 މީހެއްގެ ސާމްޕަލް މިއަދުވަނީ އެރަށުން ނަގާފައެވެ. މީގެތެރެއިން 5 މީހުންގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށް އޭދަފުށީ ކައުންސިލުން މައުލޫމާތުދެއެވެ.

މިހާތަނަށް އޭދަފުށީގައި ހޯމްކަރަންޓީނުގައި ތިބި 28 މީހަކުވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އެހެންނަމަވެސް އެކްޓިވް ކޭސްގެ ގޮތުގައި ތިބީ މިއަދު ޕޮޒިޓިވްވި ދެމީހުންގެ އިތުރުން މީގެކުރިން ޕޮޒިޓިވްވި އެކަކުއެވެ. އެއީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ޕޮޒިޓިވްވި މީހެކެވެ. މި އެންމެންގެ ހާލު ރަގަޅުކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.